ދިވެހިރާއްޖެ
މި އިޢުލާންވަނީ 02 ސެޕްޓެންބަރު 2024 12:47 ގައި ބާތިލް ކުރެވިފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައު ތަކެތި ނީލަމުގައި ވިއްކުން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށް ބޭނުންވެއެވެ.
ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2024 ސެޕްޓެމްބަރ 08 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި ސެންޓަރަށް ޙާޟިރުވުން އެދެމެވެ.
ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2024 ސެޕްޓެމްބަރ 11 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް އަށް ޙާޟިރުވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީއަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކ. ވިލިމާލެ، ދިވެހިރާއްޖެ ފޯން: 3345222 އީ-މެއިލް: cms@mnu.edu.mv |