ދިވެހިރާއްޖެ
ވިއުގަ 2.0 ސޮފްޓްވެއަރގެ "ޔޫސަރ މެނުއަލް"، "ވީޑިއޯ ޓިއުޓޯރިއަލް" ތައްޔާރުކޮށް އަދި މިއާ ގުޅޭ ޓްރެއިނަރ މެނުއަލްއެއް ތައްޔާރުކޮށްދީ ޓީއޯޓީ ޕްރޮގްރާމެއް ބާއްވައިދޭނެ ފަރާތެއް ބޭނުންވެއްޖެ:
ސިވިލް ސަރވިސް ކޮމިޝަނުން ފަރުމާކުރަމުންގެންދާ ވިއުގަ 2.0 ސޮފްޓްވެއަރ ގެ "ޔޫސަރ މެނުލް" އަދި "ވީޑިއޯ ޓިއުޓޯރިއަލް" ތައްޔާރުކޮށްދީ ޓްރެއިނިންގ ދިނުމަށްޓަކައި ބޭނުންވާ ޓްރެއިނަރ މެނުއަލްއެއް ތައްޔާރުކޮށްދީ ޓީއޯޓީ ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- ބޭނުންވާ އަދަދު: 01
- އުޖޫރަ (މަހަކަށް) -/25000 (ފަންސަވީސް ހާސް ރުފިޔާ)
- މަސައްކަތުގެ ވަގުތު: ދެފަރާތް އެއްބަސްވާގޮތަކަށް
- މުއްދަތު: 04 މަސްދުވަސް (ނުވަތަ މަސައްކަތް ނިމެންދެން)
- ފެންވަރު ނުވަތަ ޝަރުޠު:
- މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- މިފަދަ މަސައްކަތެއް ކުރުމުގެ ތަޖުރިބާއާ ޤާބިލުކަން ހުރުން.
ކުރަންޖެހޭ މަސައްކަތާބެހޭ މަޢުލޫމާތު:
ޓާރމް އޮފް ރެފަރެންސެއްގައި ހިމެނިފައި. (ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް: www.csc.gov.mv ގައި ހިމަނާފައި)
މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:
މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުތަކާއި ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައި، ކޮމިޝަނުގެ އިދާރާގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ކަނޑައަޅާ ލަފާގެ މަތިންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.
- ތަޢުލީމީ ފެންވަރު - % 10
- މަސައްކަތުގެ ތަޖުރިބާ - % 15
- މަސައްކަތާ ގުޅޭ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ މިންވަރާއި އެ މަސައްކަތްތަކުގެ ނަތީޖާ - %45
- ޓެކްނިކަލް ނޮލެޖް - % 15
- އުފެއްދުންތެރިކަން - %5
- ޤާބިލުކަން ހުރި މިންވަރު - % 10
ވުމާއެކު، މިކަމަށް އެދޭ މަތީގައި ދަންނަވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2015 ޖޫން 14 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ވަނަވަރާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއެކު އެޕްލިކޭޝަން ފޯމު މި ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ފޮނުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ.
17 ޝަޢުބާން 1436