މުބާރާތް
ނަންބަރު: (IUL)389/389/2024/23
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 17:37
ސުންގަޑި: 16 ސެޕްޓެންބަރު 2024 14:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލްމަރުޙޫމް ޢަލީ މުޙައްމަދުގެ ހަނދާނީ ޤުރުއާން މުބާރާތް 1446 ގައި ބައިވެރިވުމަށް ހުޅުވާލުން

މި ކައުންސިލުން އިންތިޒާމްކޮށްގެން ކިނބިދޫ ދާއިރާއަށް ހުޅުވާލައިގެން 2024 ސެޕްޓެންބަރު 26 އިން 27 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ "އަލްމަރުޙޫމް ޢަލީ މުޙައްމަދުގެ ހަނދާނީ ޤުރުއާން" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރަށުގެ ރަށްވެހިންނަށާއި އާންމުކޮށް ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލަމެވެ. މި ފުރުޞަތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅޭނީ ސްކޫލް ނިންމާފައިވާ ދަރިވަރުންނަށާއި އަށާރަ އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ. މި މުބާރާތުގައި ބައިވެރިކުރާ ސްކޫލްގެ ދަރިވަރުން ކަނޑައަޅާނީ ހިރިލަންދޫ ސްކޫލުންނެވެ. ހިރިލަންދޫ ފިޔަވައި މި ދާއިރާގެ އެހެން ރަށްތަކުން ބައިވެރިކުރާ ފަރާތްތަށް ކަނޑައަޅާނީ އެ ރަށްތަކުގެ ރަށު ކައުންސިލްތަކުންނެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

 މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 9990898 އަށް ގުޅުއްވުން އެދެމެވެ. މިއިޢުލާނާއެކު މުބާރާތުގެ ގަވާއިދު އާންމުކުރަމެވެ.

 

 

01 ސެޕްޓެންބަރު 2024