މަސައްކަތް
ނަންބަރު: (IUL)23-AP/01/2015/134
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 14 ޖޫން 2015 10:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިންސިނިރޭޓަރތަކެއް ހެދުމަށް

މިނިސްޓްރީން ދޭ ކުރެހުމާ އެއްގޮތަށް އިންސިނިރޭޓަރތަކެއް ހެދުމަށް ކުރެވުނު ނަންބަރު:AP/23/2015/116-ފ23(IUL)ފ(19 މޭ 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވަން 2 ފަރާތުން ވަޑައިގެންފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، މިނިސްޓްރީން ދޭ ކުރެހުމާ އެއްގޮތަށް އިންސިނިރޭޓަރތަކެއް ހެދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 14 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 21 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

17 ޝަޢުބާން 1436       

04 ޖޫން 2015