ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)363/363/2024/34
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި:
05 ސެޕްޓެންބަރު 2024 13:00
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މ.ވޭވަށު ބަނދަރު ޝަރަޙައްދުގައި މަސްކަނޑާ އަށްޓެއް ހަދައިދޭނެ ފަރާތެއް ހޯދުން
އިޢުލާން
ބަނދަރު ސަރަހައްދުގައި މަސްކަނޑާ އަށި ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ބަނދަރު ބަނދަރު ސަރަހައްދުގައި މަސްކަނޑާ އަށި ހަދައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޯށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ޠާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި: |
05 ސެޕްޓެމްބަރ 2024 |
ބުރާސްފަތި |
13:00 |
އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން: |
08 ސެޕްޓެމްބަރ 2024 |
އާދީއްތަ |
12:45 |
- ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
- ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/1sTJcLsP2P
- މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
- ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނާފައިވާ މައުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
- މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 05 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
- އިތުރުމަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 6720035، 9757801 އަށް ގުޅުއްވުން އެދެމެވެ.
01 ސެޕްޓެންބަރު 2024