ކުއްޔަށް ދިނުން
ނަންބަރު: (IUL)253-OU-08275/253/2024/56
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 12 ސެޕްޓެންބަރު 2024 10:30
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ހުރި ރުއްތައް ވަރުވާއަށް ދޫކުރުން

ބަނދަރުގައި ހުރި ރުއްތައް ވަރުވާއަށް ދޫކުރުން

މި ރަށު ބަނދަރުގައި ހުރި ފޯއްދުނު 27 ރުކާއި ނުފޯއްދޭ 1 ރުއް ވަރުވާއަށް ދިނުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. މި ރުއްތައް ވަރުވާއަށް ދޫކުރުމަށް ނިންމާފައިވަނީ ރުއްތައް ވަރުވާއަށް ހިފުމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭން އެންމެބޮޑު އަގެއް ހުށަހަޅާފަރާތަކަށެވެ. މި ރުއްތައް ވަރުވާއަށް ދޫކުރެވޭނީ މީލާދީގޮތުން3  އަހަރު ދުވަހުގެ މުއްދަތަށެވެ.

 ވީމާ، ދެންނެވިފައިވާ ރުއްތައް ވަރުވާއަށް ނެގުމަށް އެދޭފަރާތްތަކުން 2024 ސެޕްޓެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2024 ސެޕްޓެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާގެ ކޮންފަރެންސް ހޯލަށް ޙާޟިރުވެ ދެއްވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިކަމަށް އެދި އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަން ޖެހޭނެއެވެ. މިކަމަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި  ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

28   ޞަފަރު  1446

01 ސެޕްޓެންބަރު 2024

01 ސެޕްޓެންބަރު 2024