ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)312/312/2024/56
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 10 ސެޕްޓެންބަރު 2024 02:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ގުދަން ހެދުމަށް ކުއްޔަށް ދޫކުރާ ބިންތަކުގައި ހުރި ރުއްގަސް ނެގުމާއި ގުޅޭ

މިރަށު ބަނދަރު ސަރަހައްދުން ގުދަން ހެދުމަށް ކުއްޔަށް ދޫކުރާ ބިންތަކުގައި ހުރި ރުއްގަސް ނެގުމާއި ގުޅޭ

 

                  މިރަށުގެ ބަނދަރު ސަރަހައްދުން ގުދަން ހެދުމަށް ކުއްޔަށް ދޫކުރާ ބިންތަކުގައި (ކޮފީޓޯކް ބިމާ އިންވެގެން ދެކުނަށް) ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވާތީ އެބިމުގައި ވާ ރުއްގަހުގައި މިކައުންސިލުން  "1 އިން 43 މިގޮތަށް ވާނީ ހުދު ކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ. 

                     ވީމާ މިނަންބަރުތައްޖަހާފައިވާ ރުއްގަހުގެ ވެރިން އެރުއްގަހުގައި މިކައުންސިލުން ޖަހާފައިވާ ނަންބަރާއެކު 2024 ސެޕްޓެމްބަރ 10 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުމުމުގެ ކުރިން މި ކައުންސިލް އިދާރާއަށް ދުރުވެ ރުއްގަހުގެ މަޢުލޫމާތު ދެއްވުން އެދެމެވެ. ރުއްގަހުގެ މައުލޫމާތު ފޯރުކޮށްދެއްވާއިރު ރުއްގަހުގެ މިލްކު ސާބިތު ކުރިކަމުގެ ލިޔުން ނުވަތަ ޝަރުއީ ކޯޓެއްގެ ލިޔުން ހުށައެޅުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގައި ރުއްގަހުގެ ވެރިފަރާތުން މިކައުންސިލަށް މަޢުލޫމާތު ފޯރުކޮށްދީފައި ނުވިނަމަވެސް، ދެންނެވިފައިވާ ބިންސާފުކުރުމުގެ ގޮތުން، އެތާގައިވާ ރުއްގަސް ނެގޭނެކަމުގައި ދަންނަވަމެވެ. މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް މިފުރުޞަތުގައި ޝުކުރުދަންނަވަމެވެ.   

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ސެޕްޓެންބަރު 2024