ޢާންމު މަޢުލޫމާތު
ނަންބަރު: IAS/MIS/2024-1626
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 22:03
ސުންގަޑި: 05 ސެޕްޓެންބަރު 2024 12:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
މާފަރު އިންޓަރނޭޝަނަލް އެއަރޕޯރޓް ގައި ކެފޭއެއް ހިންގަދޭނެ ފަރާތެއް ހޯދަން ބޭނުންްވެއްޖެ

މާފަރު އިންޓަރނޭޝަނަލް އެއަރޕޯރޓް ގައި ކެފޭއެއް ހިންގަދޭނެ ފަރާތެއް ހޯދުމަށް 21 ޖުލައި 2024 ވަނަ ދުވަހު ކުރެވުނު ނަންބަރު : IAS/MIS/2023-1250  އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދެއްގެ ރެސްޕޮންސިވް ބިޑް ހުށަހަޅާފައި ނުވާތީ، އިސްވެ ބަޔާން ކުރެވުނު އިއުލާން ބާތިލުކޮށް އަލުން ބިޑަށް ހުޅުވާލި ވާހަކަ ބަޔާން ކުރަމެވެ.

 

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިއުލާނާއިއެކު ހިމެނިފައިވާ ކުންފުނީގެ މައުލޫމާތު ފޯމް ފުރުއްވުމަށްފަހު މި ކުންފުނީގެ އީމެއިލް [email protected]  ، [email protected]  އަދި [email protected]  އަށް މެއިލް ކުރައްވައިގެން ޝައުގުވެރިކަން ފާޅު ކުރެއްވުން އެދެމެވެ. ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑިއަކީ 5 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.

އީމެއިލް ސަބްޖެކްޓް: NMF Café’ Re-bid – (Bid No: 22/2024)

އިސްވެ ދެންނެވުނު ސުންގަޑީގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން ޝައުގުވެރިކަން ފާޅު ނުކުރައްވާ ފަރާތްތަކަށް މި ޕްރޮޖެކްޓުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެދޭ ބޭފުޅުން، އިސްވެ ދެންނެވުނު އީމެއިލް އެޑްރެސްއަށް އީމެއިލް ފޮނުއްވައިގެން، ނުވަތަ މި ކުންފުނީގެ ނަންބަރު 3331230 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

*މަތީގައި ދެންނެވިފައިވާ ކުންފުނީގެ މައުލޫމާތު ފޯމް އަދި ބިޑްއާއި ގުޅޭ މައުލޫމާތު މި އިއުލާނާއި އެކު ޑައުންލޯޑް ކުރެއްވޭނެއެވެ.

31 އޮގަސްޓް 2024