ދިވެހިރާއްޖެ
އިޢުލާން
ރ. އަލިފުށީ އުތުރު ފަރާތު ބަނދަރުގެ 2 ނެރުފައިކަށީގެ މަސައްކަތް
މި އިދާރާގެ ނަންބަރު: (IUL)298/298/2024/39 ރ. އަލިފުށީ އުތުރު ފަރާތު ބަނދަރުގެ 2 ނެރުފައިކަށީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އުތުރު ފަރާތު ބަނދަރުގެ 2 ނެރުފައިކަށީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސެޝަން: |
03 ސެޕްޓެންބަރު 2024 11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި |
ބިޑް ރަޖިސްޓްރީ ކުރުން: |
11 ސެޕްޓެންބަރު 2024 14:00 ކުރިން |
ބިޑް ރަޖިސްޓްރީ ލިންކު: |
https://forms.office.com/r/bnR4XtXCkf |
އަންދާސީ ހިސާބު ހުށަހެޅުން: |
12 ސެޕްޓެންބަރު 2024 11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި |
ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 11 ސެޕްޓެންބަރު 2024 14:00ގެ ކުރިން އީމެއިލް ([email protected]) އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.
25 ޞަފަރު 1446