ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 428/1/2015/8
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 16 ޖޫން 2015 14:30
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރެއިނަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފުޑް އެންޑް ބެވަރެޖް ސަރވިސަސް ކޯހުގެ (ސެޓްފިކެޓް 3 އާއި، ސެޓްފިކެޓް 4) ބައިވެރިންނަށް ތަމްރީނު ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބޭނުންވާ މަޤާމް: ޓްރެއިނަރ

ބޭނުންވާ އަދަދު: 1 (އެކެއް)              

މަސައްކަތުގެ މުއްދަތު: 3 (ތިނެއް) މަސްދުވަސް.

މަސައްކަތުގެ ވަގުތު:  އާއްމުގޮތެއްގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، ރަސްމީ ގަޑިކަމުގައިވާ ހެނދުނު 8:00 ން މެންދުރުފަހު 15:00 އަށް.

އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއެއްގެއިރަށް -/200 ރުފިޔާ.

މަޤާމުގެ ގިންތި: ވަގުތީ

މަޤާމުގެ ފެންވަރު/ޝަރުޠު:

1. ފުޑް އެންޑް ބެވެރޭޖް ސަރވިސަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ފުޑް އެންޑް ބެވެރޭޖް ސަރވިސަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ފުޑް އެންޑް ބެވެރޭޖް ސަރވިސަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. ފުޑް އެންޑް ބެވެރޭޖް ސަރވިސަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކުރުމާއެކު، ފުޑް އެންޑް ބެވެރޭޖް ސަރވިސަސްގެ ދާއިރާއިން އިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

ފުޑް އެންޑް ބެވެރޭޖް ސަރވިސަސް ކޯސް އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭ އެންމެހައި ކަންކަން ކުރުން.

މަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން                         

އިންޓަވިއުކުރުން:

ހ.ޓްރެއިނަރުން ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 2015 ޖޫން 17 އާއި 25 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

ނ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވެލިޑޭޓްކޮށް، އެޓެސްޓްކޮށްފައިވާ)

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ބ- ކުރިން ވަޒިފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި  މަސައްކަތަށް  ޝައުޤުވެރިވާ  ފަރާތްތަކުން  ހުށަހަޅަންޖެހޭ  ތަކެތި  ހުށަހަޅާނީ،  ޓެކްނިކަލް  އެންޑް ވޮކޭޝަނަލް  އެޑިޔުކޭޝަން  އެންޑް  ޓްރެއިނިންގ  އޮތޯރިޓީ (ހ. ވެލާނާގޭގެ 1 ވަނަ ފަންގިފިލާ) އަށެެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖޫން 16 ވަނަ ދުވަހުގެ 14:30 އެވެ.

ނޯޓް:  

 މި އިޢުލާނާ ގުޅިގެން މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި މަސައްކަތް ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3347422 ނަންބަރު ފޯނަށް ނުވަތަ 3341313 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

21 ޝަޢުބާން 1436

08 ޖޫން 2015