ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/58
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 29 ސެޕްޓެންބަރު 2024 18:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުތެރެ ސާފުކުރުން

                   މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި މިރަށުގައި ފާހަގަކުރުމަށް ނިންމާފައިވާތީ އެ ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުމުގެ ތެރޭގައި ކުރިއަށް ގެންދާ ޙަރަކާތްތަކާއި ގުޅިގެން ރަށުން ބޭރުން ގިނަ ފަރާތްތަކެއް ދައުވަތު އަރުވައިގެން ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެހެންކަމުން ރަށުތެރެ ސާފުކޮށް ރީތިކޮށް ބޭއްވުމަށްޓަކައި ގޭގޭދޮށާއި، ގޯތިތަކުގެ މަގުތަކާއި، ގޯޅިތަކުގައި ބެހެއްޓިފައި ހުންނަ ލަކުޑި ފަދަތަކެތި ނެގުމަށް ދަންނަވަމެވެ. އަދި ވިނަ ހެދިފައި ހުންނަ މަގުފަޅިތައް ނޮޅާ ސާފުކުރުމާއި، މަގުގޯޅިތަކުގައި 08 ފޫޓަށްވުރެ ތިރިއަށް ހުންނަ ގަސްތަކާއި، ގޮފިތައް ކަނޑާ ސާފުކޮށް ނިންމެވުމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

               މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮސް ޝުކުރު ދަންނަވަމެވެ.

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

25 ޞަފަރު 1446

29 އޮގަސްޓް 2024