ބީލަން
ނަންބަރު: (IUL)272/272/2024/110
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 10 ސެޕްޓެންބަރު 2024 11:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ބޭނުންވާ ސަބް ޑީ.ބީ ފޯރުކޮށްދޭ ފަރާތެއް ހޯދުމާގުޅޭ

ކައުންސިލަށް ބޭނުންވާ ސަބް ޑީ.ބީ ފޯރުކޮށްދޭ ފަރާތެއް ހޯދުމާގުޅޭ

ކައުންސިލަށް ބޭނުންވާ ސަބް ޑީ.ބީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި، މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން/އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. " ބީލަން ހުށަހަޅާ ފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

 ބީލަމުގައި ބައިވެރިވުމަށް 100.00ރ (ސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެއެވެ. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 29 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:00 ން ފެށިގެން 02 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/8KDT3FgGPniC11jz5

 

މަޢުލޫމާތު ސާފުކުރުން:

މިމަސައްކަތާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން 03 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި ނޫމަރާ ޕްރީސްކޫލު ހޯލުގައި އޮންނާނެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މެއިލު ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 02 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނުވަތަ 9163162 ނަމްބަރާއެވެ.

 

ބީލަން ހުށަހެޅުން:

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި، ނޫމަރާ ޕްރީސްކޫލު ހޯލުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލްގެ ޒަރީއާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތަކާއި ހުށަހަޅުއްވަން ޖެހޭ ލިޔުންތައް ހުށަނާޅާ ބީލަންތައް ޑިސްކޮލިފައި ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ޕްރީ-ބިޑު ބައްދަލުވުން އަދި ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އައި.ޑީ ކާޑު އަދި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީއާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން/އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަންބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 އޮގަސްޓް 2024