ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2024/51
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 08 ސެޕްޓެންބަރު 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

IUL)301/301/2024/37(28 ޖުލައި 2024 ) އިޢްލާން ބާޠިލުކޮށް އަލުން އިޢްލާންކުރުން

           ރ.އަނގޮޅިތީމުން ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައިހުރި ރުއްތަކުގެ ވެރިފަރާތްތައް ހޯދުމަށްކުރި އިޢްލާން ބާޠިލްކޮށް އަލުން އިޢްލާން ކުރީމެވެ.

           އަލުން އިޢްލާން ކުރަންޖެހުނީ އެ ސަރަހައްދުގައިހުރި ރުއްތަކުގައި ހުދު ސްޕރޭ ދަވާދުން ޖަހާފައިވާ ނަންބަރުތައް ފަޑުވެ ނޭނގޭވަރު ވެފައިވާތީއެވެ. އެހެންކަމުން މިހާރު ހުންނާނީ ކަޅު ސްޕްރޭ ދަވާދުން 01 އިން 283 އަށް ނަންބަރު ޖަހާފައެވެ. ނުބައި ނަންބަރުތަކުގެ ބައެއް ނަންބަރުތަކުގައި ހުންނާނީ ކަޅު ސްޕްރޭ ދަވާދުން ބޮޅު އަޅައި ގިނަ ނަންބަރުތަކުގައި ރަސްގެލާފައެވެ.

          ވީމާ،މި ދެންނެވި ސަރަހައްދުގައިވާ ރުއްތަކުގެ ވެރިން ރުކުގައި ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ނޯޓްކޮށް އެ ގެއެއްގެ މިލްކުސާބިތުކުރި ފަތުގެ ރަގަޅަށް ކިޔަން އެނގޭ ކޮޕީއަކާއި އެކު 08 ސެޕްޓެންބަރު (އާދިއްތަ) ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޔޫސުފު: 7887792، ކައުންސިލް އެސިސްޓެންޓް އިބްރާހީމް ނާފިޒް 7641664 އާއި ގުޅުއްވުން އެދެމެވެ.

29 އޮގަސްޓް 2024