ބީލަން
ނަންބަރު: (IUL)426-AA/426/2024/349
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި:
09 ސެޕްޓެންބަރު 2024 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - މި އިދާރާގެ ބޭނުމަށް 03 ރޯޑް ސްވީޕަރ ސަޕްލައިކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2023/432 އިއުލާން ބާޠިލުކޮށް، މި މަސައްކަތަށް އަލުން ފުރުޞަތު ހުޅުވާލުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި އިދާރާގެ ބޭނުމަށް 03 ރޯޑް ސްވީޕަރ ސަޕްލައިކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2023/432 އިއުލާން ބާޠިލުކޮށް، މި މަސައްކަތަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2024 ސެޕްޓެންބަރު 01 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2024 ސެޕްޓެންބަރު 09 ވާ ހޯމަ ދުވަހުގެ 13:00 އާއި ހަމަޔަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް 300/- (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް މިދެންނެވި މުއްދަތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށްދެއްވުން އެދެމެވެ.
- ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2024 ސެޕްޓެންބަރު 01 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2024 ސެޕްޓެންބަރު 10 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2024 ސެޕްޓެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 25000.00ރ (ފަންސަވީސްހާސް ރުފިޔާ ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2024 ސެޕްޓެންބަރު 22 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އީމެއިލް: [email protected]
25 ސަފަރު 1446
29 އޮގަސްޓް 2024
29 އޮގަސްޓް 2024