ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)479-HR/479/2024/14
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 11 ސެޕްޓެންބަރު 2024 13:30
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް (އެސް.އެސް 2)

އިޢުލާން

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ތަކެތި ހަވާލުކުރުމާ ގުޅޭ އެންމެންހައި ކަންކަން ކުރުމަށްޓަކައި އޮފީސް އެސިސްޓެންޓްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އާންމުކޮށް އިޢުލާންކުރަމެވެ.

މަޤާމުގެ ނަން:

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކެޓެގެރީ:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ސެކްޝަން:

އެޗް.އާރު އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަން 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު / މާލެ

މުސާރަ:

4,865 (ހަތަރުހާސް އަށްސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ

ސަރވިސް އެލަވަންސް:

1,000 (އެއްހާސް) ރުފިޔާ

އެހެން ވަޒީފާއެއް އަދާނުކުރެވޭތީ ދޭ އެލަވަންސް:

2,189.25 (ދެހާސް އެއް ސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ފަންސަވީސް) ލާރި،

އަސާސީ މުސާރައިގެ %45

އެހެނިހެން އެލަވަންސް:

  1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

  1. ސެންޓަރުގެ އެންމެހައި ތަންތަނާއި ސެންޓަރުގެ އިމާރާތް ހިމެނޭ އެންމެހައި ތަންތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  2. ސެންޓަރުގައި ބާއްވާ އެންމެހާ މީޓިންގ އަދި ޓްރެއިންތަކަށް ސައި / ކޮފީ / ޖޫސް ފަދަ ތަކެތި ތައްޔާރުކުރުމާއި، ތަން ތައްޔާރުކުރުމުގައި ސެކްޝަން/ޔުނިޓުތަކަށް ބޭނުންވާ ގޮތެއްގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން.
  3. ރަސްމީ ގަޑީގައި އަދި ނުރަސްމީ ގަޑީގައި، ސެންޓަރުން އަންގާ ގޮތެއްގެ މަތިން، ސެންޓަރުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ އަދި ބަލާދާންޖެހޭ ތަކެއްޗާއި ލިޔެކިޔުން ރައްދުކުރުމަށްޓަކައި ދާންޖެހޭ ތަންތަނަށް ގޮސް އެތަކެތި ރައްދުކުރުން.
  4. ފައިސާ ނެގުމާއި ފައިސާ ދެއްކުމާގުޅޭ ކަންކަމުގައި ސެންޓަރުގެ ފައިސާއާ ބެހޭ ސެކްޝަނުން އަންގާގޮތެއްގެ މަތިން ދާންޖެހޭ ތަންތަނަށް ދިއުމާއި، އެ މަސައްކަތްކުރުން.
  5. މިނޫންވެސް ސެންޓަރުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތު:

  1. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ،
  2. ލިޔަންކިޔަން އެނގުން.
  3. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު އަދި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފަރާތުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
  • މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ސިއްޙަތެއްގައި ހުރި ފަރާތަކަށްވުން.
  • ފަރުވާތެރިކަމާއި ސާފުތާހިރު ކަމާއެކު ކަންކަން ކުރަން އެނގުމާއި މީހުންނާ މުޢާމަލާތް ކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަ ހުރުން.
  • އަދި، މަގާމުގައި އަދާ ކުރަންޖެހޭ މަސައްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މި ސެންޓަރުގެ އީމެއިލް [email protected] އެޑްރެހަށެވެ. އީމެއިލްކުރައްވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓުގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދަންނަވަމެވެ.

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، މި ސެންޓަރުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު މި ސެންޓަރުގެ ކައުންޓަރުންނާއި، މި ސެންޓަރުގެ ވެބްސައިޓް www.miac.gov.mv އިން ލިބެން ހުންނާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ.

      

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3300920 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

                             25 ޞަފަރު 1446

                      

29 އޮގަސްޓް 2024