ދިވެހިރާއްޖެ
އެމްޕްލިފަޔަރާއި މައިކް ގަންނަން ބޭނުންވެއްޖެ،
މިރަށުގެ މިސްކިތްތަކުގެ ބޭނުމަށް، ތިރީގައިވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.
| 
 އަދަދު  | 
 ތަފުސީލު  | 
| 
 4  | 
 ރޯލް ސްޕީކަރ ކޭބަލް (18 އެމެރިކަން ވަޔަރ ގޭޖް) (18AWG)  | 
| 
 10  | 
 އިމަރޖެންސީ ލައިޓް (20 ވޯޓް)  | 
| 
 5  | 
 މައިކް ސްޓޭންޑް  | 
| 
 5  | 
 މައިކް (އާދައިގެ)  | 
| 
 5  | 
 ވައަރޑް ޕިން މައިކް (6 މީޓަރ ކޭބަލް ދިގު)  | 
| 
 8  | 
 ވޯލް މައުންޓް ސްޕީކަރ (20 ވޯޓްގެ)  | 
| 
 3  | 
 އެމްޕްލިފަޔަރ 250 ވޯޓްގެ (3 މައިކް ގުޅޭގޮތަށް)  | 
ވީމާ، މިދެންނެވި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6800766 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 10 ޖޫން 2015ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ [email protected] އަށް އީ-މެއިލް މެދުވެރިކޮށެވެ. ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
15 ޝަޢުބާން 1436