ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-CAA/INDIV/2024/13
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 08:22
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫގެ ވެށި ސާފުކޮށް ބޭއްވުމަށް އިލްތިމާސްކުރުން

ގައްދޫގެ ވެށި ސާފުކޮށް ބޭއްވުމަށްޓަކައި މި ކައުންސިލުން ޚާއްޞަ އިސްކަމެއްދީގެން ރަށުގެ މަގުތަކާއި، ގޯޅިތައް އަދި ހުސްބިންތައް ސާފުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި މިގެންދަނީ ކުރަމުންނެވެ. ނަމަވެސް ބައެއްފަރާތްތަކުން ގޯތިތަކާއި ގުޅިފައި ހުންނަ މަގުތަކާއި ގޯޅިތަކުގެ ވިނަ ނޮޅާ ސާފުކޮށް ނުބަލަހައްޓަވާތީވެ އެކަމުގެ ކަންބޮޑުވުންތަކާއި، ޝަކުވާތައް ސަރުކާރުގެ ބައެއް އިދާރާތަކުންނާއި، ޢާއްމުންގެ ފަރާތުންވެސް  މި އިދާރާއަށް އަބަދުވެސް ހުށަހަޅަމުންދެއެވެ.

ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނުގައިވާ ގޮތުން ދިރިއުޅުމަށްޓަކައި ދޫކޮށްފައި ހުންނަ ގޯއްޗާއި،އެ ގޯއްޗަކާއި ގުޅިފައި ހުންނަ މަގުތައް ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމަކީ އެ ގޯއްޗެއްގެ ވެރިފަރާތް، ނުވަތަ އެ ގޯއްޗަކާއި ޙަވާލުވެގެން ހުންނަ ފަރާތުން ކުރައްވަންޖެހޭ ކަންތައްތަކެކެވެ. އަދި ގޯތިތެރޭގައި ހައްދާފައި ހުންނަ ރުއްގަސްތަކުން މަގުމައްޗަށް ފަނާއި ،ކާށި، އަދި ހިކިފައި ހުންނަ ބޮނބިފަދަ ތަކެތި ވެއްޓި އެފަދަ ތަކެތި ނުނަގާ ގިނަދުވަސްތަކެއްވަންދެން ދަނީ ބަހައްޓަމުންނެވެ. މި ފަދަ ކަންކަމާމެދު  ބައެއް ގޯތިތަކުގެ ވެރިން މާބޮޑު ސަމާލުކަމެއް ނުދެއްވާކަން މި އިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ.

މަތީގައި ދެންނެވި ކަންކަން މިފަދަގޮތްގޮތައް ހުރުމުގެ ސަބަބުން ދުއްވާތަކެއްޗަށާއި، ހިނގާމީހުންނަށް ވަރަށްބޮޑަށް ދަތިވެއެވެ. އަދި ވަކިން ޚާއްޞަކޮށް އެމްބިއުލާންސަށް ފަސޭހަކަމާއެކު މަގުތަކުން ދަތުރު ކުރެވޭގޮތައް މަގުތައް ސާފުކޮށް އޮތުމަކީ މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއްކަން އެއްމެހާފަރާތްތަކުންވެސް ޤަބޫލުކުރައްވަންޖެހެއެވެ.

ވީމާ، މިކަންކަމުގެ މައްޗަށް ސަމާލުވެ ގޯތިތަކާއި ގުޅިފައިއިވާ މަގުތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސް ކުރަމެވެ.

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 އޮގަސްޓް 2024