ދިވެހިރާއްޖެ
ޒުވާން ޚަޠީބުންގެ ޕްރޮގްރާމް ހިންގުމާ ގުޅޭ
މި އިދާރާގެ ނަންބަރު (IUL)419-CAA/INDIV/2024/10 ( 22 ޖުލައި 2024 ) އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ.
މި ކައުންސިލާއި އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއާއި ގުޅިގެން ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ގައްދޫގައި ހިންގުމަށް ހަމަޖެހިފައިވާތީވެ މިކަމާއި ގުޅިގެން ކުރިން ކުރެވުނު އިޢުލާނަށް ކުރިމަތިލައްވާފައިވާ ކުދިންގެ އަދަދު މަދުކަމަށް ފެންނާތީވެ މިކަމުގައި ބައިވެރިވުމަށް ބޭނުންވާ އިތުރުފަރާތްތަކަށް ފުރުޞަތު އޮތުމާއެކު ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ 18 އަހަރުން ދަށުގެ ގްރޭޑް 10،11،12 ނިންމާފައިވާ ދަރިވަރުންގެ ލިސްޓެއް އެކުލަވާލެއްވުމަށް ބޭނުންވެއެވެ.
ވީމާ، ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގައި ބައިވެރިވުމަށްއެދި މިހާރު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ އިތުރުން ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 19 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިޔުންތައް ހުށަހަޅާ ކައުންސިލް އިދާރާގައި ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ.
ހުށަހަޅަންޖެހޭ ތަކެތި
- އައިޑީކާޑުގެ ސާފު ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ސުކޫލުގައި އުޅޭނަމަ ބެލެނިވެރިޔާގެ ލިޔުން
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.