ބީލަން
ނަންބަރު: (IUL)88-PS/88/2024/56
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 18:09
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު ނަންބަރު: 2016/R-69 ގެ ދަށުން ކުރެވުނު އިޢުލާން ނަންބަރު: (IUL)88-PS/88/2024/37 (30 މޭ 2024) އަށް ދެވަނަ އިސްލާޙު ގެނައުން.

ގަވާއިދު ނަންބަރު: 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)88-PS/88/2024/37 (30 މޭ 2024) އަށް ދެވަނަ އިސްލާޙު ގެނައީމެވެ.

ދެވަނަ އިސްލާޙު:

އިސްވެ ދެންނެވުނު އިޢުލާން ގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް އަންނަނިވި ރަށް އިތުރުކޮށްފައިވާކަން އިޢުލާންކުރީމެވެ.

 

އިސްވެ ދެންނެވުނު އިޢުލާން ގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްތަކުގެ ތެރެއިން އަންނަނިވި ރަށްތައް ކުއްޔަށް ދީފައިވާތީ މި ލިސްޓުން އުނި ކުރީމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގަވާއިދު ނަންބަރު: 2016/R-69 ގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން ހުށަހަޅާ ޕްރޮޕޯސަލްއާ އެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv)  އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

28 އޮގަސްޓް 2024