ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2024/38
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 02 ސެޕްޓެންބަރު 2024 12:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤައުމީ ދުވަހުގެ ކޭޓަރިންގ ޙިދްމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

1446 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގެ ސައިފޮދު ތައްޔާރުކުރުމާއި،  ރަށަށްވަޑައިގަންނަވާ އިއްޒަތްތެރިންގެ ފަރިއްކޮޅު ތައްޔާރުކުރުމާއި އަދި ދިދަނެގުމުގެ ރަސްމިއްޔާތުގެ ރިފްރެޝްމެންޓް ތައްޔާރު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

އެމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ކައުންސިލް އިދާރާއިން ދޫކުރައްވާ އަންދާސީ ހިސާބު ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2024 ސެޕްޓެމްބަރު 02 ވާ ހޯމަ ދުވަހުގެ 12:00 އަށް ކައުންސިލް އިދާރާއަށް ހުށަހެޅުންވުން އެދެމެވެ.

        އަންދާސީ ހިސާބު ފޯމާއި، މަޢުލޫމާތު ކަރުދާސް ކޮންމެ ރަސްމީ ދުވަހެއްގެ 9:00 ން 14:00 އަށް މިކައުންސިލު އިދާރާއިން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 އޮގަސްޓް 2024