މަސައްކަތް
ނަންބަރު: (IUL)383-MS&IM/383/2024/124
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 03 ސެޕްޓެންބަރު 2024 13:30
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުފުށީ އުތުރުކޮޅުގައި ސިނާއީ ބޭނުންތަކަށް ސަރަހައްދެއް ތަރައްޤީކުރުމަށް ބޭނުންވާ އީ.އައި.އޭ. ހެދުމާއި ރަށަށް އިތުރުކުރެވޭ ބައި ހިމަނައިގެން ލޭންޑް ޔޫސް ޕްލޭން ރިވައިޒް ކޮށްދޭނެ ފަރާތެއް ހޯދުން

ވިލުފުށީ އުތުރުކޮޅުގައި ސިނާއީ ބޭނުންތަކަށް ސަރަހައްދެއް ތަރައްޤީކުރުމަށް ބޭނުންވާ (2.4 ހެކްޓަރުގެބިން ހިއްކުމަށް ބޭނުންވާ) އީ.އައި.އޭ. ހެދުމާއި ރަށަށް އިތުރުކުރެވޭ ބައި ހިމަނައިގެން (އެލް.ޔޫ.ޕީ. އަށް ގެންނަންޖެހޭ ކުދިކުދި ބަދަލުތަކާއެކު) ލޭންޑް ޔޫސް ޕްލޭން ރިވައިޒް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތްކޮށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން،  03 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން  ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
  • ލިންކް:   https://shorturl.at/l9jJI

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުމަށް ވަކި ޚާއްސަ ޕްރީ ބިޑް މިޓިންގއެއް ނޯންނާނެއެވެ.  
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުއްވާނީ 9742454 ނަންބަރު ފޯނާއެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

28 އޮގަސްޓް 2024