ދިވެހިރާއްޖެ
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރ : MGPL-CAD/AD/24-05
އިޢުލާން
ބޭނުން ނުކުރާ ބާވެ ހަލާކުވެފައިވާ ދަގަނޑު ފެން ތާނގި ތަކެއް ވިއްކާލުމަށް،
މިކުންފުނީގައި ބޭނުން ނުކުރާ ބާވެ ހަލާކުވެފައިވާ ތިން ދަގަނޑު ފެން ތާނގި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 01 ސެޕްޓެންބަރު 2024 ވާ އާދިއްތަ ދުވަހު 11:00އަށް މިކުންފުނީގެ ތިލަފުށި ޔުނިޓަށް ވަޑައިގެން މި ތަކެތި ބެއްލެވުމަށްފަހު، 03 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 11:00އަށް ތިރީގައިވާ އެޑްރެހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯން:3335614
މިކަމަށް އެދި މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
28 އޮގަސްޓު 2024މ