ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2024/279
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 08:17
ސުންގަޑި: 01 ސެޕްޓެންބަރު 2024 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ އަދި ޤާއިމްކުރެވޭ ޕީއެސްއެމްގެ މީޑީއާ ސެންޓަރުފަދަ ތަންތަން ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރާނެ ފަރާތްތައް ހޯދުން

މަޤާމް :އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ އަދި ޤާއިމްކުރެވޭ ޕީއެސްއެމްގެ މީޑީއާ ސެންޓަރުފަދަ ތަންތަން ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރާނެ ފަރާތްތައް ހޯދުން
ބޭނުންވާ އަދަދު :20

 

 

 

                                                                                                               (IUL)PSM-HR/PSM/2024/279

 

އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ އަދި ޤާއިމްކުރެވޭ ޕީއެސްއެމްގެ މީޑީއާ ސެންޓަރުތައް ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރާނެ ފަރާތްތައް ހޯދުން

 

ބޭނުންވާ އަދަދު:

20

މަސައްކަތުގެ ބާވަތް:

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް. މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވިދާނެއެވެ.

މަސައްކަތް ކުރަންޖެހޭ ރަށް:

  • ހއ. ދިއްދޫ
  • ހއ. ހޯރަފުށި
  • ށ. ޅައިމަގު
  • ށ. ފުނަދޫ
  • ނ. މަނަދޫ
  • ރ. އުނގޫފާރު
  • ޅ. ހިންނަވަރު
  • ކ. މާލެ (ވިލިނގިލި)
  • އދ. ދަނގެތި
  • އދ. މަހިބަދޫ
  • ވ. ފެލިދޫ
  • ފ. ނިލަންދޫ
  • ފ. ފީއަލި
  • ތ. ދިޔަމިގިލި
  • ލ. ގަން
  • މ. މުލަކު
  • ގއ. ނިލަންދޫ
  • ގދ. ގައްދޫ
  • ގދ. ތިނަދޫ
  • ޏ. ފުވައްމުލައް

މަސައްކަތްކުރަންޖެހޭ ތަން:

ޕީއެސްއެމްގެ މީޑިއާ ސެންޓަރތަކުގައި

މަސައްކަތުގެ އުޖޫރަ:

މަހަކު -/3,000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަރވިޔު ޕެނަލަށް ސާބިތު ކޮށްދިނުން؛

- ސިއްޙީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުން؛

- އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހެއް ކަމުގައިވުން؛

- ދިވެހި ރައްޔިތެއްކަމުގައިވުން.

 

މަސައްކަތަށްބޭނުންވާތަމްރީނެއް ނުވަތަ ސަނަދެއް ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސައްކަތުގެ މަސްއޫލިއްޔަތު:

- ކޮންމެ މަހަކު 1 ފަހަރު މީޑިއާ ސެންޓަރުގެ ޢިމާރާތާޢި، އެ ޢިމާރާތުގެ އެތެރޭގައިވާ ތަންތަނާއި ތަކެތި ފޮޅާ ސާފުކުރުން؛

- ހަފްތާއަކު 2 ފަހަރު މުޅި ގޯތިތެރެއާއި، މީޑިއާ ސެންޓަރާ އިންވެގެން އޮންނަ މަގުތައް ކުނިކަހާ ބެލެހެއްޓުން؛

- ކޮންމެ މަހަކު 1 ފަހަރު މީޑިއާ ސެންޓަރުގެ ޢިމާރާތުގެ ގޯތިތެރޭއާއި، ބިމާއި ގުޅިފައިވާ މަގުތަކުގެ ވިނަ ނޮޅައި ސާފުކޮށް ކުނި އުކާލުން؛

- މީޑިއާ ސެންޓަރުގެ ޢިމާރާތާއި ގޯތިތެރޭގައި އުފެދޭ ކުނި ނައްތާލުން؛

- މަސައްކަތް ހަވާލު ކުރިފަރާތުން އަންގައިފިނަމަ، ގޯތިތެރޭގައި ހުންނަ ބޮޑެތި ގަސްތަކާއި، ރުއްތައް ކޮށާ ބެލެހެއްޓުމާއި ކުނި އުކާލުން؛

- މަސައްކަތް ނިންމުމަށްފަހު ތަނުގެ ފޮޓޯ ނަގާ އެ ދުވަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ؛
  • ތަޢުލީމީ ސެޓުފިކެޓެއް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ (އެޓެސްޓް ކުރެވިފައި)؛
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، އެކަން ދެނެގަތުމަށް އެ މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން؛
  • ޕޮލިސް ރިޕޯޓް (03 މަސް ދުވަސް ހަމަނުވާ)
  • ޕާސްޕޯޓް ފޮޓޯއެއް (6 މަސްދުވަސް ހަމަނުވާ)

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 01 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000376، 30003207 އަށް ގުޅުއްވުން އެދެމެވެ.

 

 

 

 

 

 

 

 

26 އޮގަސްޓް 2024