މަސައްކަތް
ނަންބަރު: 116-FB2/IL/2024/111
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 03 ސެޕްޓެންބަރު 2024 11:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"އެއަރ ފްރެޝްނަރ ޑިސްޕެންސަރ" ސަޕުލައިކޮށް، ހަރުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

"އެއަރ ފްރެޝްނަރ ޑިސްޕެންސަރ" ސަޕުލައިކޮށް، ހަރުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގެ ފާހާނާތަކުގައި، މި ކުންފުނިންދޭ މިންގަނޑުތަކާއި އެއްގޮތަށް "އެއަރ ފްރެޝްނަރ ޑިސްޕެންސަރ" ސަޕުލައިކޮށް، ހަރުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަމްބަރު: 116-FB2/IL/2024/29 އިއުލާން ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލަމެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 3 ވާ އަންގާރަދުވަހުގެ ހެނދުނު 11:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް" އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

     ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2024 ސެޕްޓެންބަރ 9 ވާ ހޯމަދުވަހުގެ ހެނދުނު 11:30 ގައި ވީ.އައި.އޭގައި އޮންނާނެއެވެ.

     "ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ސެޕްޓެމްބަރ 17 ވާ އަންގާރަދުވަހުގެ ހެނދުނު 11:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ސެޕްޓެމްބަރ 17 ވާ އަންގާރަދުވަހުގެ ހެނދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3026431/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

27 އޮގަސްޓް 2024