މަސައްކަތް
ނަންބަރު: (IUL)30-G/1/2015/78
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:04
ސުންގަޑި: 14 ޖޫން 2015 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރ ޑިވެލޮޕްމަންޓް އެންޓަރޕްރައިސަސް ޕްރޮގްރާމްގެ ދަށުން ހަދާ މެރިކަލްޗަރ ދެ ހެޗަރީއާ ގުޅޭ

މެރިކަލްޗަރ ޑިވެލޮޕްމަންޓް އެންޓަރޕްރައިސަސް ޕްރޮގްރާމްގެ ދަށުން ހަދާ މެރިކަލްޗަރ ދެ ހެޗަރީއާ ގުޅޭ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓާ ގުޅިގެން ކުރިއަށްގެންދާ "މެރިކަލްޗަރ ޑިވެލޮޕްމަންޓް އެންޓަރޕްރައިސަސް ޕްރޮގްރާމް"ގެ ދަށުން ހަދާ މެރިކަލްޗަރ ދެ ހެޗަރީ، މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ފަރުމާކޮށް، ކުރަހައި، ތަނުގެ ބީއޯކިޔު ހަދައިދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2015 ދުވަހުގެ 10:00އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓްވޭވްސް، މޫންލައިޓް ހިނގުން، މެރިންރިސަރޗް ސެންޓަރ ހުންނަ އިމާރާތް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދެމެވެ. އަދި، އަންދާސީހިސާބު ހުށަހެޅުމަށް 21 ޖޫން 2015 ވަނަ ދުވަހުގެ 13:00އަށް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.

21 ޝަޢުބާން 1436

08 ޖޫން 2015