ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގެ ގޯތިތެރޭގައި ގައު އެތުރުމާއި، 2500 ލިޓަރުގެ ކަޅުހަމެއް ބަހައްޓައި ފެންވައިރު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކޯޓުން ކުރި ނަންބަރު: D-12-C/2015/08 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ޖޫން 2015 ދުވަހުގެ 11:30 އަށް ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޖޫން 2015 ދުވަހު 11:30 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
21 ޝަޢުބާން 1436