ބީލަން
ނަންބަރު: (IUL)GS24/2024/30
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 09 ސެޕްޓެންބަރު 2024 00:00
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިމާރާތްތަކުގެ ބޭރުގައި ކުލަލާނެ ފަރާތެއް ހޯދުން

ދ.އަތޮޅު ތަޢުލީމީ މަރުކަޒު

 

ދ. ކުޑަހުވަދޫ،

   ދިވެހިރާއްޖެ.

                                         އިޢުލާން ނަންބަރ: (IUL)GS24/2024/30 

ދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިމާރާތްތަކުގެ ބޭރުގައި ކުލަލާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  މި މަރުކަޒުގެ އިމާރާތްތަކުގެ ބޭރުގައި އަމިއްލަތަކެތީގައި ކުލަ ލާދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން ((IUL)GS24/2024/25) އަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، މި އިޢުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް އަމިއްލަތަކެތީގައި މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަންމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 09 ސެޕްޓެމްބަރ 2024  ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް،  ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރ ކުރާ ފަރާތްތަކަށެވެ. އަދި 11 ސެޕްޓެމްބަރ 2024  ވާ އާދިއްތަ ދުވަހު 13:00 ގައި ޕްރީބިޑް ސެޝަންއެއް މި މަރުކަޒުގައި އޮންނާނެއެވެ. ޕްރީބިޑް ސެޝަންގައި ބައިވެރިނުވިކަމުގައިވީނަމަވެސް ބީލަން ހުށަހެޅޭނެއެވެ.

ބީލަން ރަޖިސްޓްރޭޝަން ލިންކް: https://forms.gle/7j67RufqkZJXR9dr9

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00  ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  12 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  1.  

ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން: 7952914

އީ-މެއިލް: [email protected]

 

 

27 އޯގަސްޓް 2024

27 އޮގަސްޓް 2024