ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)182/182/2024/24
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 08 ސެޕްޓެންބަރު 2024 13:30
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ފުޑް ކޮލިޓީ އެޝޫރަންސް އޮފިސަރ

މަޤާމު

ފުޑް ކޮލިޓީ އެޝޫރެންސް އޮފިސަރ 

މަޤާމުގެ ނަންބަރު

 J-389393, J-389392

ބޭނުންވާ އަދަދު

02 (ދޭއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕީ.އެސް.އާރް 5- ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

އިންސްޕެކްޓަރޭޓް ޑިވިޝަން/ފުޑް ބޯޑަރ އިންސްޕެކްޝަން/ ސެންޓްރަލް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މުސާރަ

-/9498 ރުފިޔާ

ސަރވިސް އެލަވަންސް

-/4432 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް. (01 މެއި 2023ގެ އިސްލާހާއި އެއްގޮތަށް)
  3. ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް -/120

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1.ރާއްޖެއަށް އެތެރެކުރެވޭ ކާބޯތަކެތީގެ ޝިޕްމަންޓްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ ޤަވާޢިދުތަކާއި، އުޞޫލު ގެ ދަށުން ހެދިފައިވާ  ޕްރޮސީޖަރގައި ކަނޑައެޅިފައިވާ ގޮތަށް ރިސްކް ބޭސްޑް އުސޫލުން އިންސްޕެކްޓްކޮށް ޤަވާޢިދާއި އެއްގޮތަށް ހުރިނަމަ ފުރިހަމަކުރަން ޖެހޭ ހުރިހާ ލިޔެކިޔުން ފުރިހަމަކޮށް ކްލިއަރެންސް ދިނުން.

.2 ރާއްޖެއަށް އެތެރެކުރެވޭ ކާބޯތަކެތި، ބަލާ ފާސްކުރުމަށްފަހު އެތަކެތީގެ ތެރެއިން ޤަވާއިދަށް ނުވަތަ މިންގަނޑުތަކަށް ނުފެތޭ ކާބޯތަކެތި ހިފެހެއްޓުމަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހިފެހެއްޓުމާއި، އެކަމާއިގުޅޭ ލިޔެކިޔުން ފުރިހަމަކޮށް ޑިއުޓީ ސުޕަރވައިޒަރުގެ ލަފާގެމަތިން ނިންމާ ފައިލްކޮށް ބެލެހެއްޓުން.

3. ރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތީގެ މަޢުލޫމާތު (އޮތޯރިޓީން ކަނޑައަޅާފައިވާ މަޢުލޫމާތާއި ތަފާސްހިސާބުގެ ރެކޯރޑް) ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ގޮތުގެމަތިން ރިޕޯރޓްކުރުން.

4. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓް ފުރިހަމަކުރުމަށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ކުރާ މަސައްކަތުގައި ބައިވެރިވުމާއި ބަލާފާސްކުރަންޖެހޭ މަސައްކަތުގައި އަދި އޯޑިޓްގައި ތާވަލް ކުރެވޭގޮތުގެ މަތިން މަސައްކަތް ކުރުން.

5. ފުޑް ކޮންޓްރޯލް ޑިވިޝަންގެ އަދި ޚާއްސަ ގޮތެއްގައި މަސައްކަތާއި ގުޅުންހުރި ޝަކުވާތައް ބަލައިގަނެ ޑިއުޓީ ސުޕަރވައިޒަރު/ ޔުނިޓްހެޑް/ ސެކްޝަން ހެޑް/ ޑިވިޝަން ހެޑްގެ ލަފާގެމަތިން އެކަން ބެލުމަށާއި ހައްލު ކުރުމަށް މަސައްކަތް ކުރުން.

6. ޕޯޓްތަކުގެ މަސައްކަތުގައާއި، ބަލާ ފާސްކުރުމާއި އޯޑިޓް ކުރުމުގައި، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޤަވާޢިދު ތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށާއި ޚިދުމަތް ތަރައްޤީކުރުމަށް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ފޯރުކޮށްދޭ ޚިދުމަތްތަކާއިމެދު ޚިދުމަތްހޯދާ ފަރާތްތަކުގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުން.

7. އޮފީހުގެ މަސައްކަތާއި ގުޅޭގޮތުން، ކަނޑައެޅޭ މަސައްކަތްތައް، ޑިއުޓީ އަދި މަސައްކަތު ތާވަލް އާ އެއްގޮތަށް މަސައްކަތްކުރުން.

8. ޚިދުމަތް ހަރުދަނާކޮށް ތަރައްޤީކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުން.

9. މުވައްޒަފުންގެ ފައިލަށް އަލަށް ފޮނުވާ ދެންނެވުން / މެމޯ އަދި އެހެނިހެން ލިޔެކިޔުންތައް ކަނޑައެޅޭ ވަގުތެއްގެ ތެރޭގައި ކިޔައި ސޮއިކޮށް އެއާއި އެއްގޮތަށް ޢަމަލުކުރުން.

10. ބޯޑަރ ކޮންޓްރޯލްގެ މަސައްކަތްތަކާއި ގުޅޭ ޕްރޮސީޖަރތައް އެކުލަވާލުމާއި ރިވިޔުކުރުމުގެ މަސައްކަތުގައި ބައިވެރިވުން.

11. ދިވެހިރާއްޖެ އެކްސްޕޯރޓުކުރާ ކާބޯތަކެތީގެ ޝިޕްމަންޓްތައް  މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ ޤަވާޢިދުތަކާއި އެއްގޮތަށް ބަލައި ފާސްކުރުމާއި، ކާބޯތަކެތި އުފުލާ އުޅަނދުތަކުގެ ސާފުތާހިރުކަމުގެ ސެޓްފިކެޓުދިނުމަށް ކުރެވޭ އިންސްޕެކްޝަންތަކުގައި ބައިވެރިވުން.

12. ޞިއްޙީ އެކިއެކި ކާރިސާއާއި ގުޅިގެން  ކުރަންޖެހޭ މަސައްކަތްތަކާ އަދި އޮފީހުގެ ރަސްމީ އެކިއެކި ކަންކަމާ ގުޅިގެން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.   

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެގްރިކަލްޗަރަލް އެންޑް ފުޑް ޑޭޓާ މެނޭޖްމަންޓް  
  • އެގްރިކަލްޗަރަލް އެންޑް ފުޑް އިކޮނޮމިކްސް  
  • އެގްރިކަލްޗަރަލް ބަޔޯ ޓެކްނޯލޮޖީ  
  • އެގްރިކަލްޗަރަލް ކެމިސްޓްރީ  
  • އެގްރިކަލްޗަރަލް ފުޑް ޓެކްނޮލޮޖީ  
  • އެގްރިކަލްޗަރަލް ފުޑް އެންޑް އެންވަޔަރަންމަންޓަލް ޕޮލިސީ އެނަލިސިސް  
  • އެގްރިކަލްޗަރަލް ސައިންސް  
  • އެގްރި-ފުޑް ބިޒްނަސް މެނޭޖްމަންޓް  
  • އެގްރި-ފުޑް އިކޮނޮމިކްސް އެންޑް ޓްރޭޑް  
  • އެގްރި-ސަސްޓެއިނަބިލިޓީ އެންޑް ޓެކްނޯލޮޖީ  
  • އެގްރޯ ބަޔޯ ޓެކްނޯލޮޖީ  
  • އެގްރޯ ކެމިކަލްސް  
  • އެގްރޯ ފުޑް ޗެއިން  
  • އެނަލިޓިކަލް ކެމިސްޓްރީ  
  • އެންވަޔަރަންމަންޓަލް ބަޔޯ ޓެކްނޮލޮޖީ  
  • އެންވަޔަރަންމަންޓަލް ބަޔޮލޮޖީ  
  • އެންވަޔަރަންމެންޓަލް ކެމިސްޓްރީ  
  • އެންވަޔަރަންމެންޓަލް ސައިންސް  
  • ފުޑް ޕްރޮސެސިންގް  
  • ފުޑް ކޮލިޓީ އެޝުއަރެންސް  
  • ފުޑް ކޮލިޓީ މެނޭޖްމަންޓް  
  • ފުޑް ސޭފްޓީ  
  • ފުޑް ސޭފްޓީ މެނޭޖްމަންޓް  
  • ފުޑް ސައިންސް  
  • ފުޑް ސައިންސް އެންޑް ޓެކްނޮލޮޖީ  
  • ފުޑް ސެކިއުރިޓީ  
  • ފުޑް ސަރވިސް މެނޭޖްމަންޓް  
  • ފުޑް ޓެކްނޯލޮޖޯ  
  • އިނޮވޭޝަން އިން ފުޑް އެންޑް އެގްރިކަލްޗަރ  
  • މެޑިކަލް ބަޔޮލޮޖީ  
  • މައިކްރޯބަޔޮލޮޖީ  
  • ކޮލިޓީ އެންޑް ސޭފްޓީ އިން ހެލްތް ކެއަރ މެނޭޖްމަންޓް  
  • ކޮލިޓީ އެޝުއަރެންސް  
  • ކޮލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޓަރީ އެފެއާޒް  
  • ކޮލިޓީ އެޝުއަރަންސް އެންޑް ރެގިއުލޭޓަރީ ސައިންސް  
  • ކޮލިޓީ މެނޭޖްމަންޓް  
  • ރެގިއުލޭޓަރީ އެފެއާޒް  
  • ސަސްޓެއިނަބަލް އެގްރިކަލްޗަރ އެންޑް ފުޑް ސެކިއުރިޓީ  
  • ސަސްޓެއިނަބަލް ފުޑް އެންޑް އެގްރިކަލްޗަރަލް ޕޮލިސީ 

ގުޅޭ ވަޒީފާގެ ދާއިރާތައް

  •  ފުޑް ސޭފްޓީ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ،އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓު ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

 

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ  08 ސެޕްޓެންބަރ 2024ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު  އަދި        އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އަދި އިންޓަރވިއު އޮންނާނީ، 2024 ސެޕްޓެންބަރ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3014322 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

27 އޮގަސްޓް 2024