ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2024/081
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:35
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ މަޢުލޫމާތު އަދާހަމަކުރުން

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި ދައުލަތުގެ އެހެން އިދާރާތައް ގުޅިގެން ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕުރޮގުރާމް ގައި މިރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު "ނާރެސް" ޕޯޓަލްގައި އަދާހަމަކުރާން ބޭނުންވެއެވެ.

މި ޕްރޮގްރާމް ކުރިޔަށް ދާނީ 2024 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ 12:00 އިން  13:00 އަށް މިރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ހަދާހަމަކޮށް ނިމުމާ ހަމައަށެވެ. އެ ދުވަހެއްގައި މި އިދާރާއަށް މަޢުލޫމާތު ހިއްސާކުރެއްވުމަށް ދުރުވާނެ ބޭފުޅުންނަށް އެދުވަހަކު ގުޅާ އެންގޭނެއެވެ. އަދި މަޢުލޫމާތު ހިއްސާކުރެއްވުމަށް ބިދޭސީން ފޮނުވުމަކީ އެ ބިދޭސީއަކު ގެންގުޅޭ ވެރިފަރާތުގެ ޒިންމާއެކެވެ.

ވީމަ، މިކަމުގައި ބިދޭސީން ގެންގުޅުއްވާ އެންމެހައި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުން އެދި ދެންނެވީމެވެ.

27 އޮގަސްޓް 2024