ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2024/89
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 02 ސެޕްޓެންބަރު 2024 14:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަޙައްދު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ

ކިނބިދޫ އިޖުތިމާޢީ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

  • ބޭނުންވާ ޢަދަދު: 5 މީހުން
  • މަސައްކަތުގެ މުއްދަތު: 2025 ފެބުރުވަރީ މަހުގެ ނިޔަލަށް
  • މަސައްކަތުގެ އަގު: މަސައްކަތް ކުރާ ގަޑިއަކަށް -/50 ރުފިޔާ
  • މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު 3 ގަޑިއިރު / ހަފުތާއަކު 6 ދުވަހު
  • މަސައްކަތުގެ ތަފުޞީލު: ރަށުގެ އިޖުތިމާޢީ ސަރަހައްދާއި، ރައްޔިތުންގެ ގޯތިތަކާއި އިމާރާތްތަކާއި، އިދާރާގެ ބެލުމުގެ ދަށުގައިވާ ބިންބިމާއި އެފަދަ ތަންތަން ކުނިކެހުމާއި، ވިނަނޮޅުމާއި، ކޮށަންޖެހޭ ގަސްތައް ކޮށުމާއި، ކުނިއުކުމާއި، އެތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • މަސައްކަތަށް މީހުން ހޮވާނީ ކުރިމަތިލާ ހުރިހާ ފަރާތްތަކެއްގެ ހާޒިރުގައި ބޭއްވޭ ގުތުއަތަކުންނެވެ.

ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން އެކިއެކި ކަންކަމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއާއެކު، 02 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހު މެންދުރުފަހު 2:00 ގެ ކުރިން މިއިރާދާގެ ކައުންޓަރަށް ފޯމު ހުށައެޅުއްވުން އެދެމެވެ.

                  23  ޞަފަރު  1446 ހ

27 އޮގަސްޓް 2024