ތަމްރީނު
ނަންބަރު: (IUL)259/2024/67
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 28 އޮގަސްޓް 2024 12:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

މިރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒާއި ގުޅިގެން މިރަށުގައި ޖަމާޢަތްތެރިން އުފެއްދުމަށް ޙާއްސަކޮށްގެން ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް 29 އޯގަސްޓް 2024 ން 31 އޯގަސްޓް 2024 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ތިރީގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށެވެ.

ބައިވެރި ޝަރުތުތައް

  1. 18 އަހަރުން މަތީ މީހަކަށްވުން.
  2. ދިވެއްސެއް ކަމުގައިވުން.
  3. ޖަނާޒާގެ ކަންކަން ކުރުމަށް ގާބިލު މީހެއްކަމުގައިވުން

ވީމާ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އ.ތ.މ ކޮމިޓީގެ މެމްބަރ އަސްމާ އަބްދުލް މަޖީދު 9872169 އަށް ގުޅުއްވާ ނަންނޯޓު ކުރެއްވުން އެދެމެވެ.

މި ޕްރޮގްރާމަކީ ބައިވެރީންގެ އަތުން އެއްވެސް ފީއެއް ނުނަގާ ހިލޭ ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކޯހެއްކަމުން ބައިވެރިން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި މި ކޯސް ފުރިހަމަ ކުރައްވާ ފަރާތްތަކަށް ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އަދި ޖަމާޢަތްތެރިކަމުގެ ހުއްދަ ލިބިވަޑައިގަންނަވާނެއެވެ.

27 އޮގަސްޓް 2024