ވަޒީފާގެ ފުރުޞަތު
ނަންބަރު: (I)(I)HR/P/2024/38
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 02 ސެޕްޓެންބަރު 2024 13:30
ފުވައްމުލަކު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް - މިޑްވައިފް

އިޢުލާނު

މަޤާމު:

ރެޖިސްޓަރޑް ނަރސް  - މިޑްވައިފް

މަޤާމުގެ ނަންބަރު:

J-390205

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 6 (ސްޓެޕް 01) އަދި ޕަބްލިކް ސަރވިސް ރޭންކް 7  (ސްޓެޕް 01)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފުވައްމުލަކު ހޮސްޕިޓަލް، ޏ.ފުވައްމުލައް

މަގާމު

ޕަބްލިކް ސަރވިސް ރޭންކް

މަގާމުގެ ޝަރުތުތައް

އަސާސީ މުސާރަ

މަގާމުގެ އެލަވަންސް

ހާޒިރީ އިނާޔަތް

ރެޖިސްޓަރޑް ނަރސް

ޕަބްލިކް ސަރވިސް ރޭންކް 6

  1. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން އަދ،
  2. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ސްޕެޝަލް ކެއަރ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

12,400/-

5,787/-

157/- (މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށ)

ރެޖިސްޓަރޑް ނަރސް

ޕަބްލިކް ސަރވިސް ރޭންކް 7

  1. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި
  2. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ސްޕެޝަލް ކެއަރ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 6 ނުވަތަ އެއަށްވުރެ މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ؛

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ސްޕެޝަލް ކެއަރ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

13,717/-

6402/-

173/-(މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އިނާޔަތްތައް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސްގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ނައިޓް ޝިފްޓް އެލަވަންސް
  4. ސިވިލް ސަރވިސްގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އޮންކޯލް އެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ރެޖިސްޓަރޑް ނަރސް - މިޑްވައިފް، (ޕަބްލިކް ސަރވިސް ރޭންކު 6- ސްޓެޕް 1)

       1.            މާބަނޑު މީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއި އަދި ނަފްސާނީ ފަރުވާދިނުމުގައި މިޑްވައިފަރީ ކެއަރގެ ޕްލޭންތައް އެހެން ޞިއްޙީ ފަންނުވެރިންނާއެކު ވިލަރެސްކޮށްގެން ރާވައި އެ ޕްލޭންތަކާ އެއްގޮތަށް ފަރުވާ ދިނުމާއި ދެވުނު ބޭސްފަރުވާގެ މަޢުލޫމާތު ރެކޯޑް ކުރާ ނިޒާމުގައި ވަގުތުން ވަގުތަށް ލިޔެ އަޕްޑޭޓްކުރުން، އަދި އާއިލާއަށް ޙަވާލުކުރަންޖެހޭ ފޯރމްތައް ކަޑައެޅިފައިވާ ވަގުތުތެރޭގައި ހަވާލު ކުރުން.

       2.            މައިންނާއި ވިހާ ދަރިފުޅަށް ބޭނުންވާ ހޯލިސްޓިކް މިޑްވައިފަރީ ކެއަރ ދިނުމަށް ހެދިފައިވާ އުޞޫލުތަކާއި ގައިޑްލައިންތަކާއި، ބަލިމީހާއަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމުގެ ގޮތުން ހެދިފައިވާ އިންފެކްޝަން ކޮންޓްރޯލް އަދި ޕޭޝަންޓް ސޭފްޓީ ގައިޑްލައިންތަކާ އެއްގޮތަށް ކެއަރދީ، އަދި ދެވޭ ޚިދުމަތްތައް މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުން.

       3.            މާބަޑުމީހާ ވިހެއުމަށް އެދުމަތި ކުރާ ހިސާބުން ރައްކާތެރިކަމާ އެކު ވިހެއުމަށް ބޭނުންވާ ހުރިހާ އިންތިޒާމްތައް ރާވައި، ބޭނުންވާ އިމޯޝަނަލް ސަޕޯޓްދިނުމާއި ވިއްސުމުގެ ތެރޭގައި ދިމާވެދާނެ ނުރައްކާވާފަދަ ޙާލަތްތައް ކުރިޔަށްލަފާކުރުމާއި، ދިމާވާ އެމަރޖެންސީތައް ވަގުތުން ކަމާބެހޭ ޞިއްޙީ ފަންނުވެރިންނަށް އެންގުމާއި، އެކުގައި އެފަދަ އެމަރޖެންސީތައް މެނޭޖްކުރުން.

       4.            ޞިއްޙީ ފަންނުވެރިންގެ ލަފާގެމަތިން ދެވޭ ފަރުވާއާ ބެހޭގޮތުން ބަލިމީހާ /ޢާއިލާއަށް މަޢުލޫމާތު ދިނުމާއި ދިމާވެދާނެ ހިތާމަވެރި ހާލަތްތަކުގައި މައިންބަފައިންނާއި ޢާއިލާގެ މެންބަރުންނަށް ދޭންޖެހޭ އިމޯޝަނަލް ސަޕޯޓް ދިނުން

       5.            ވިހެއުމަށް ފަހުގައި މައިމީހާއާއި ދަރިފުޅަށް ދިމާވެދާނެ މައްސަލަތަކާއި އެކަންތައްތައް ދިމާވާ ހާލަތްތަކުގައި ޢަމަލު ކުރަންވީގޮތާއި ދިމާވެދާނެ ނަފްސާނީ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ދިނުން.

       6.            އުފަންވަނިވި ޞިއްޙަތާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކޮމިނިއުޓީ ބޭސްޑް އެޑިޔުކޭޝަނަލް ޕްރޮގްރާމްތައް ރާވައި ހިންގުން.

       7.            ހޮސްޕިޓަލުންދޭ ދަރިމައިވުމުގެ ހިދުމަތާއި ބޭނުންތަކަށްބަލައި، ކްލިނިކަލް ދާއިރާއިން މުވައްޒަފުންގެ ސްކިލް އަޕްގްރޭޑްކުރުމަށް ބޭނުންވާ އިންސަރވިސް ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވެ ޢަމަލީ ގޮތުން ބައިވެރިވުން.

       8.            މިޑްވައިފަރީ ދާއިރާއިން ތަޖުރިބާ ހޯދަން އަންނަ ދަރިވަރުން މެންޓޮރކޮށް ސުޕަވައިޒްކުރުން.

       9.            މިޑްވައިފުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ޢަމަލު ކުރުން.

   10.            މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށް، މުވައްޒަފުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައެއްވަންތަކަން ބަދަހިކޮށް ދިމާވާ ދެބަސްވުމާއި ހިތްހަމަނުޖެހުންތައް ހައްލުކުރުމަށް ކުރެވޭ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

   11.            ޤައުމަށް ދިމާވާ ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތްތަކުގައި ޢަމަލުކުރުމަށް ހެދިފައިވާ އުޞޫލުތަކަށް އަހުލުވެރިވުމުގައި ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުންދީ ޢަމަލީ ގޮތުން ބައިވެރިވުން.

   12.            މިޑްވައިފުންގެ ފަންނު ކުރިއަރުވައި، ދެވޭ ޙިދުމަތް އިތުރުފުޅާކުރުމުގެ ގޮތުން ހިޔާލު ދިނުމާއި ފޯރުކޮށްދެވޭ މިޑްވައިފަރީ ހިދުމަތް ތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ކޮލިޓީ ހިފެހެއްޓުމަށް ކުރޭވޭ މަސައްކަތްތަކުގައި ވެރިންނަށް އެހީތެރިވެ އެއްބާރުލުން ދިނުން.

ރެޖިސްޓަރޑް ނަރސް - މިޑްވައިފް، (ޕަބްލިކް ސަރވިސް ރޭންކު 7- ސްޓެޕް 1)

   13.            މައިމިހާ ނުވަތަ ދަރިފުޅު އެމަރޖެންސީކޮށް ރިފަރ/ޓްރާސްފަރ ކުރަން ޖެހިއްޖެ ހާލަތެއްގައި މިޑްވައިފްއެއްގެ ހައިޞިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް:

  • މިޑްވައިފަރީ ނަރސިންގ
  • ނަރސިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ނަރސިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Policy/Index/51
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން
  2. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

މުއްދަތު ހަމަނުވާ ލައިސަންސް އަދި ރެޖިސްޓްރޭޝަން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް " ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" ގައި ބަޔާންކޮށްފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ 13:30 ގެ ކުރިންފުވައްމުލަކު ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރ ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 19 ސެޕްޓެންބަރު 2024 އާއި 26 ސެޕްޓެންބަރު 2024 އާއި ދެމެދު ތާރީޙެއްގައި ފުވައްމުލަކު ހޮސްޕިޓަލުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6868000 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

"ނަރުހުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/33) އިން ލިބެން ހުންނާނެއެވެ.

27 އޮގަސްޓް 2024