މަސައްކަތް
ނަންބަރު: (IUL)160-A/1/2015/53
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 09 ޖޫން 2015 10:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤައުމީ ޤުރްއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގެ ބެކް ޑްރޮޕް، ޑިޒައިންކޮށް އަދި އިވެންޓު އޯގަނައިޒަރެއްގެގޮތުގައި ހަރަކާތްތެރިވެވޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޤުރްއާން ކިޔެވުމުގެ 30 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގެ ބެކް ޑްރޮޕް، އިސްލާމީވަންތަކަން ދައްކުވައިދޭ ގޮތަށް ޑިޒައިންކޮށް އަދި އިވެންޓު އޯގަނައިޒަރެއްގެގޮތަށް ހަރަކާތްތެރިވެވޭ ފަރާތެއް ހޯދުމަށް ބޭނުންވެގެންކުރި މި މަރްކަޒުގެ ނަންބަރު: (IUL)160-A/1/2015/52 ( 27 މޭ 2015 ) ގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތަކުގައިވާ އަގުތަކަކީ މި މަރްކަޒުން ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު އަދަދަކަށްވާތީއާއި އަދި އެ އިވެންޓާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ދިނުމަށް ބޭނުންވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 9 ޖޫން 2015 ވާ އަންގާރަ ދުވަހު 10:00 އަށް މިމަރްކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހު 10:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަނޭޅޭނެ ވާހަކަވެސް ދަންނަވަމެވެ.

                        20 ޝަޢުބާން 1436

07 ޖޫން 2015