ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/87
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 11 ޖޫން 2015 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މަރކެޓިންގ އޮފިސަރ

މަޤާމު:

މާރކެޓިންގ އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

  • 5279.00 ރުފިޔާ (ފަސްހާސް ދުއިސައްތަ ހަތްދިހަ ނުވަ ރުފިޔާ)
  • އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް:

2730.00ރުފިޔާ (ދެހާސް ހަތްސަތޭކަ ތިރީސް ރުފިޔާ)

 

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާރޓްމަންޓް:

ބިޒްނަސް ޑިވެލޮޕްމަންޓް އެންޓް މާރކެޓިންގ ޑިވިޜަން

ތައުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • މާރކެޓިންގ ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާ އެކު ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
  • ކަސްޓަމަރުން ބޭނުންވާ ކަންކަން ދެނެގަތުމުގެ ޤާބިލުކަން ހުރުމާއެކު، ތަފާތު މިޒާޖުގެ މީހުންނާ މުޢާމަލާތުކުރަން އެނގުން
  • އަޑުއެހުމުގެ ޤާބިލުކަން ހުރުން، މުޢާމަލާތުކުރުމުގެ ހުނަރު ހުރުން، އެހެން މީހުންނަށް އެއްޗެތި ހުށަހެޅުމުގެ ޤާބިލުކަން ހުރުން އަދި އެހެންމީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
  • އޮންލައިން ވިޔަފާރިއަށް އަހުލުވެރިވެފައިވުމާއެކު އެކިއެކި ޓެކްނިކަލް މައްސަލަތައް ދެނެގަތުމުގެ ޤާބިލުކަން ހުރުމާއެކު އެކަންކަމާ ގުޅޭ ގޮތުން މުޢާމަލާތުކުރަން އެނގުން.
  • ހަވާލުކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލުކަން ހުރުން
  • ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
  • ދިމާވާއެކިއެކި ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން

މަސައްކަތުގެ ދާއިރާ

ބިޒްނަސް ޑިވެލޮޕްމަންޓް އެންޓް މާރކެޓިންގ ޑިވިޜަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާ އެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި:

މި މަޤާމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައި ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 03 ވަނަ ފްލޯރއަށް ވަޑައިގެން އެޗްއާރު ޑިޕާރޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތަށް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009274 ،3009273، ،3009272 3009271

ފެކްސް: 3321559

04 ޖޫން 2015