ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)142-E1/1/2015/77
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:17
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކިއު ސިސްޓަމްއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް
ތިރީގައި ދެވިފައިވާ މަޢުލޫމާތާ އެއްގޮތަށް މިމިނިސްޓްރީއަށް ކިއު ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ކިއު ސިސްޓަމް
- 3 ސީކުއެންސްއަކުން ކިއު ނަންބަރު ޖެނެރޭޓް ކުރެވުން
- 4 ރޯއަށް މެއިން ޑިސްޕްލޭއިން އެންމެ ފަހުން ޖެހިފައި ހުރި ކިއު ފެންނަގޮތަށް ހުރުން
- ކަސްޓަމަރުންނަށް ކިއު ނަންބަރު ދޫކޮށް މަދުވެގެން 10 ކައުންޓަރުން ކިއު ނަންބަރު އެރުވޭނެ އިންތިޒާމެއް ހަމަޖެހުން
- ކިއުސިސްޓަމް ތިރީގައި މިދަންނަވާ ކަންތައް ފުރިހަމަވާންޖެހޭނެއެވެ.
- 4.1 ކިއު ނަންބަރު ޕްރިންޓް ކުރާނެ ޕްރިންޓަރެއް
- 4.2 ކިއު ޕްރޮސެސިން ޔުނިޓް
- 4.3 ކައުންޓަރުތަކުން ކިއު ނަންބަރު ބަދަލު ކުރުމުގެ އިންތިޒާމު
- 4.4 މެއިން ޑިސްޕްލޭ ޔުނިޓެއް
- 4.5 ކިއު ނަންބަރު ނެގުމުގެ އިންތިޒާމު
- 4.6 އެޅިފައިވާ ވިއުގައަކުން ސިސްޓަމް މަސައްކަތް ކުރުން.
ވީމާ، ކިއުސިސްޓަމް ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކުން 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 14:30 އަށް މިނިސްޓްރީގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަތީގައިވާ މަޢުލޫމާތުތައް ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ހުށަހަޅާ ޕްރޮޕޯޒަލްގައި ސިސްޓަމްގައި ހިމެނޭ ޔުނިޓްތަކުގެ ތަފުސީލާއި، ސިސްޓަމް މަސައްކަތް ކުރާނެ ގޮތުގެ ޑައިގްރާމް އަދި ސިސްޓަމްގެ ސްޕެސިފިކޭޝަންސް ހުންނަންޖެހޭނެއެވެ. މި ތަފުސީލުތައް ނެތް ޕްރޮޕޯޒަލްތަކަށް އިވެލުއޭޓް ކުރުމުގައި މާކްހެއް ނުދެވޭނެއެވެ.
03 ޖޫން 2015