ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)328-HR/328/2024/110
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 17:56
ސުންގަޑި: 03 ސެޕްޓެންބަރު 2024 13:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ސެންޓަރ އެޓެންޑެންޓް

އިޢުލާނު 

މަޤާމު:

ވޭސްޓް މެނޭޖްމެންޓް ސެންޓަރ އެޓެންޑެންޓް

މަޤާމުގެ ނަންބަރު:

_

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (2 އަހަރު)

މަޤާމުގެ ރޭންކު:

SS1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސަރވިސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުރެންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

ރިސްކް އެލަވަންސް

މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/75 ރުފިޔާ

ސަޕޯޓިންގ ކޯއެލަވަންސް

1200.00 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

1085.00 ރުފިޔާ

ހާޑްޝިޕް އެލަވަންސް

މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/20 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ވަގުތާއި އެހެނިހެން އެލަވަންސް:

  • ހަފްތާއަކު މަސައްކަތު 7 ދުވަހު، ޑިއުޓީ އުޞޫލުން އަދި ދުވާލަކު 8 ގަޑިއިރު މަސައްކަތް (އެއްގަޑި އިރުގެ ބުރޭކާއިއެކު) ކުރަންޖެހޭނެއެވެ.
  • ·         ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ ޙާއްސަ އެލަވަންސްގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އިދާރާގެ ފަރާތުން ހިންގާ ކުނިނައްތާލުމުގެ ޕްރޮގުރާމުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ގޭގެއާއި ތަންތަނުގައި އުފެދިފައި ހުންނަ ކުނި ގޭގެއާއި ތަންތަނުން ނެގުމާއި،  ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ޖަމާކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  • ދަގަނޑާއި، ޕްލާސްޓިކް، ބިއްލޫރި، (ބަދިގެ) ކުނިވާޒާތުކުނި، އަދި ފަތް ކުނި ވަކިކޮށް، ފަސޭހައިން ޕިކަޕުގައި ގެންގުޅެވޭނެ ގޮތެއްގެމަތިން ޕިކަޕައް ކުނި ލޯޑްކުރުން.
  • ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ވަކިކުރާ ކުނީގެ ބާވަތްތަކުގެ ތެރެއިން ދަގަނޑު ބާވަތްތައް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކުނިބެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނުގައި ތަރުތީބުކޮށް ބެހެއްޓުމުގެ މަސައްކަތް ކުރުން.
  • ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ގެންދާ ދަޅާއި، ފުޅި، ދަޅުފިއްތާ މެސިނުންފިއްތުމާއި ޕެކުރުމުގެ މަސައްކަތް ކުރުން.
  • ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ޖަމާކުރެވިފައި ހުންނަ ކުނި ރަށުން ބޭރަށް ގެންދިއުމަށް، ކުނި ބަރުކުރުމުގެ މަސައްކަތް ކުރާ ދުވަސްތަކުގައި ކުނިގެންދާ ފަރާތުން އެދޭ އެންމެހައި މަސައްކަތްކުރުމަށް  އިދާރާއިން ހަމަޖައްސާ އުޞޫލާއި އެއްގޮތަށް އެފަދަ މަސައްކަތްތައް ކުރުން.
  • ކުނި އަޅާ ސަރަހައްދުގައި ޖަމާކުރެވިފައި ހުންނަ ކުނި އަށި މައްޗަށް އަޅާ އެންދުން (ކުނި އަންދަންވާނީ މޫސުމައް ބެލުމަށް ފަހު ރަށުތެރެއަށް އަދި މީހުން ދިރިއުޅޭ ގޭގެއާއި ތަންތަނަށް ދުމުގެ އަސަރު ނުފޯރާނެގޮތެއްގެ މަތިންނެވެ.)
  • އިދާރާގެ ފަރާތުން  ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތައް ކުރުވުމަށް ކަނޑައަޅާ އިސްވެރިއެއްގެ ލަފާގެ މަތިން  ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ޕިކަޕް ދުއްވުން (ޑުރައިވަރު ޗުއްޓީ، ސަލާމް،އޮފްގައި ހުންނަ ހާލަތުގައި، ލައިސެންސް އޮތްނަމަ)
  • މަހަކު 1 (އެކެއް) ފަހަރު ޕިކަޕު ދޮވެސާފުކުރުމަށް ފަހު ތެޔޮދުއްވުން
  • ކުނިކޮށްޓަށް ގެންދާ ކުނީގެ ތެރެއިން ކުނިވާޒާތުގެ ކުންޏާއި ނެޕީ ފަދަ ތަކެތި ދުވަހުން ދުވަހަށް ނައްތާލުން.
  • ކުނިކޮށްޓަށް ގެންދާކުނި ދުވަހުން ދުވަހަށް އެންދުމާއި، ދަގަނޑު، ބިއްލޫރި ފަދަ ތަކެތި ވަކިކޮށް އިދާރާއިން ދައްކާ ތަނެއްގައި ބެހެއްޓުމުގެ މަސައްކަތް ކުރުން.
  • ކުނި މެނޭޖްކުރުމާއިބެހޭ ޢަމަލީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  • ލިޔަންކިޔަން އެގުން

މަޤާމުގެ ޕްރިފައިޑް ޑިސިޕްލިންތައް:

ނެތް.

މަޤާމުގެ ކޯ ޑިސިޕްލިންގ:

ނެތް.

މަޤާމުގެ މަސައްކަތު ދާއިރާތައް:

ނެތް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް.
  2. ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒިފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނަ ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އިންޓަރވިއު

40

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ އިންސައްތަ %70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ސެޕްޓެންބަރު 03 ވާ (އަންގާރަ) ދުވަހުގެ 13:00 ގެ ކުރިން، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (05 ސެޕްޓެމްބަރ 2024) އާއި (12 ސެޕްޓެމްބަރ 2024) އާ ދެމެދު، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620001 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

               މިހެންވެ، އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

26 އޮގަސްޓް 2024