މުބާރާތް
ނަންބަރު: (IUL)328-ED/328/2024/111
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 17:50
ސުންގަޑި: 15 ސެޕްޓެންބަރު 2024 13:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮއިކުރެންދޫ ފުޓްސަލް ޗެލެންޖް 2024 - ކުރެންދޫ 4 ޖާގައަށް ހުޅުވާލުން

             ޅ.ކުރެންދޫ ކައުންސިލްގެ ފަރާތުން 6 އޮކްޓޫބަރުން 15 އޮކްޓޫބަރުގެ ނިޔަލަށް" ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖް 2024" ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

             މި މުބާރާތަކީ ޅ.އަތޮޅު މީހުން ދިރިއުޅޭ ރަށްތަކާއި، ރިސޯޓްތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިކަން ބަދަހިކުރުމަށްޓަކައި ޅ.ކުރެންދޫ

ކޮމިއުނިޓީ ސެންޓަރާއި މިއިދާރާ ގުޅިގެން ޗެމްޕިއަން ޓީމަށް -/50000 (ފަންސާސް ހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް -/30000 (ތިރީސްހާސް) ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިގެން ކުރިއަށް ގެންދިއުމަށް

ހުޅުވާލެވުނު މުބާރާތެކެވެ.

             މި މުބާރާތުގައި ވާދަކުރުމަށް ކުރެންދޫގެ ރަޖިސްޓަރޑް ކުލަބް ޖަމްޢިއްޔާތަކަށް ޙާއްޞަކުރެވޭ 4 ޖާގައަށް ހުޅުވާލަމެވެ.  

             މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު 12 ސެޕްޓެމްބަރ 2024ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ޓީމް ލިސްޓް، 15 ސެޕްޓެމްބަރ 2024ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން[email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

             ރަޖިސްޓްރީކުރަން އެދޭ ފޯމާއި ޓީމް ލިސްޓް އަދި ޤަވައިދު ގެޒެޓް ލިންކުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، ޔޫތު އެސޯސިއޭޓް، އަލްފާޟިލް އަޙްމަދު

ޢަބްދުﷲ، 7908642 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

26 އޮގަސްޓް 2024