ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: TENDER/AS/2015/013
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:08
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައި.ޓީ.އާގުޅޭ ހާރޑްވެއަރއާއި ސޮފްޓްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
އައި.ޓީ.އާގުޅޭ ހާރޑްވެއަރއާއި ސޮފްޓްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
- މި ކުންފުންޏަށް އައި.ޓީ. އަށް ބޭނުންވާ ހާރޑްވެއަރއާއި ސޮފްޓްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖޫން 9 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 16 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބޭނުންވާ ތަކެތި:
- Blade Server, SAN Storage, Core Switch
- VMware virtualization software
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސްރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދުދޭ ގޮތަކަށެވެ.
15 ޝަޢުބާން 1436
02 ޖޫން 2015