ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2024/348
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 03 އޮކްޓޫބަރު 2024 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް-2024 ގައި ބައިވެރިވުމަށް ހުޅުވާލުން

އިޢްލާން

 

އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް-2024 ގައި ބައިވެރިވުމަށް ހުޅުވާލުން

 

އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ، ސިޓީ ފެންވަރުގައި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތެއް މިއަހަރު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. "އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް - 2024" ގެ ނަމުގައި ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރަތް 2024 އޮކްޓޯބަރު 20 އިން 30 އަށް އައްޑޫ ހައި  ސްކޫލް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

              ވީމާ، "އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް - 2024" ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރައްވާ މިއިދާރާގެ އެޑްމިން މެއިލް [email protected] އަށް ފޮނުއްވާ ދެއްވުން އެދެމެވެ. އަދި  މުބާރާތުގައި ބައިވެރިވާ ކުދިންގެ ލިސްޓް (އެކްސެލް ޝީޓް އަދި ޕީޑީއެފް ސޮފްޓް ކޮޕީ) 09 އޮކްޓޯބަރު 2024 ގެ 14:00 ގެ ކުރިން އެޑްމިން މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ.

22 ސަފަރު 1446

26 އޯގަސްޓް 2024

26 އޮގަސްޓް 2024