ތަމްރީނު
ނަންބަރު: (IUL)475-Schol/475/2024/146
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 29 އޮގަސްޓް 2024 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
University of Management and Technology (U.M.T) Scholarship

University of Management and Technology (U.M.T) Scholarship

ޕާކިސްތާނުގައި ހުންނަ ޔުނިވަރސިޓީ އޮފް މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ (ޔޫ.އެމް.ޓީ) އިން އޯ.އައި.ސީ މެމްބަރު ޤައުމުތަކައް (ކޮންމެ  ޤައުމަކަށް 1 އަންޑަގްރެޖުއޭޓް ޑިގްރީ، އަދި 1 ގްރެޖުއޭޓް ޑިގްރީގެ) ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ވަނީ އަންގާފައެވެ. އަދި މި ސްކޮލަރޝިޕް ސްކީމްގެ ދަށުން، އިންޓަރނޭޝަނަލް ފީ ގެ 90% ގެ ލުޔެއް ލިބިގެންދާނެ ކަމުގައި އެ ޔުނިވަރސިޓީއިން ވަނީ މައުލޫމާތު ދެއްވާފައެވެ.

 

 

ވިމާ،މި ޕްރޮގްރާމު ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން  29 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށައެޅުން އެދެމެވެ. އަދި މި ޕްރޮގްރާމާއި ގުޅޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށައަޅަންވީ ގޮތުގެ މަޢުލޫމާތު ތިރީގައި މިވާ ލިންކް މެދުވެރިކޮށް ލިބެން ހުންނާނެއެވެ

 

https://oin.umt.edu.pk/international-students.aspx

 

.........................................................................................................................................................................

* މިޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރެއްވުންވެސް އެދެމެވެ.

26 އޮގަސްޓް 2024