މަސައްކަތް
ނަންބަރު: (IUL)297-MISM/297/2024/75
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 03 ސެޕްޓެންބަރު 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

          މިއިދާރާއިން ފޯރުކޮށްދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ނ. ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

          ވީމާ، ނ. ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރ މަރާމާތުކޮށްދިނުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.

 

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ނ.ވެލިދޫ ކައުންސިލްގެ އިދާރާ

އަންގާރަ

03 ސެޕްޓެންބަރު 2024

11:00

އަންދާސީ ހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލްގެ އިދާރާ

އަންގާރަ

10 ސެޕްޓެންބަރު 2024

11:30

 

          މިކަމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

          މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

 

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

އަގު

80%

  • ޚިދުމަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted Years of Experience / Benchmark Years) x Allocated Percentage

މުއްދަތު

10%

 

  • މި ބައިގައި މާކްސްދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑަމުއްދަތު ހުށަހަޅާ ތަރުތީބުންނެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

 

 

          މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

26 އޮގަސްޓް 2024