ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AE/426/2024/346
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 09 ސެޕްޓެންބަރު 2024 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ މަރަދޫ އަވަށުން 05 ބިން ކުއްޔަށް ދޫކުރުން

އިޢުލާން         


އައްޑޫ ސިޓީ މަރަދޫ އަވަށުން
05 ބިން ކުއްޔަށް ދޫކުރުން

އައްޑޫ ސިޓީ މަރަދޫ އަވަށުގެ ލޭންޑް ޔޫސް ޕްލޭންގައި ކޮމާޝަލް ޕާރޕަސްގެ ގޮތުގައި ކަނޑައަޅަފައިވާ ސަރަހައްދުން ބިން ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕް ތަކަށް ފުރުޞަތު ހުޅުވާލަމެވެ.

#

ކުލީ ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ކުއްޔަށް ދޫކުރާ ބޭނުން

  1.  

K043

930 އަކަފޫޓު

ބޭސްފިހާރައެއް ހިންގުމަށް  

  1.  

K044

1290 އަކަފޫޓު

ރީޓެއިލް /  ހޯލްސޭޓް ވިޔަފާރީގެ މަސައްކަތަށް

  1.  

K045

1290 އަކަފޫޓު

ރީޓެއިލް /  ހޯލްސޭޓް ވިޔަފާރީގެ މަސައްކަތަށް

  1.  

K046

1290 އަކަފޫޓު

ރީޓެއިލް /  ހޯލްސޭޓް ވިޔަފާރީގެ މަސައްކަތަށް

  1.  

K047

1290 އަކަފޫޓު

ރީޓެއިލް /  ހޯލްސޭޓް ވިޔަފާރީގެ މަސައްކަތަށް

ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

#

ތަފްޞީލް

ތާރީޚް، މުއްދަތު އަދި ގަޑި:

ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން

ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަން ގަތުމަށް ބޭނުންވާ ކުލީ ބިމުގެ ނަންބަރު، ބީލަން ގަންނަ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected]  އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 

27 އޮގަސްޓް 2024އިން      09 ސެޕްޓެމްބަރ 2024އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00އިން 14:00އަށް

މަޢުލޫމާތު ކަރުދާސް އާއި ބީލަން ފޯމް ދޫކުރުން

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް  މިއިދާރާއިން މެއިލް ކުރާނެއެވެ.  

 

27 އޮގަސްޓް 2024އިން      09 ސެޕްޓެމްބަރ 2024އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00އިން 14:00އަށް

ބީލަން ހުށަހެޅުން

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

 

24 ސެޕްޓެމްބަރު 2024     ވާ އަންގާރަ ދުވަހުގެ 10:00

 

މި ބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އަދި މި ބިންތައް ހިމެނޭ ބިމުގެ ޗާޓުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.

 

22  ޞަފަރު  1446

26  އޮގަސްޓް  2024

 

26 އޮގަސްޓް 2024