ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/1/2015/174
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 11 ޖޫން 2015 13:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފަރުނީޗަރ ގަތުމަށް

ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

މިމިނިސްޓްރީގެ ނަންބަރު: IUL)22-PU/1/2015/121) އިޢުލާނާ ގުޅިގެން ތިރީގައި މިދަންނަވާ ފަރުނީޗަރަށް ބިޑް ހުށަހަޅާފައިވާ ތިން ފަރާތުގެ ތެރެއިން ސާމްޕަލް ހުށަހަޅާފައިވަނީ ދެފަރާތަކުން ކަމަށްވާތީ، އެތަކެތި ގަތުމަށް އަލުން އިޢުލާން ކުރީމެވެ.

  • 700 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)

ވީމާ، މިތަކެތި ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

08 ޖޫން 2015 (ހޯމަ) ދުވަހުގެ 13:00 އަށް

11 ޖޫން 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403 ނަންބަރު ފޯނާއެވެ.

16 ޝަޢުބާން 1436 

02 ޖޫން 2015