ދިވެހިރާއްޖެ
(IUL)307/INDIV/2024/71:ނަންބަރު
މިރަށުގައި މީހުން ދިރިއުޅޭ ބައެއް ސަރަހައްދުތަކުގައި ހުރި ފަޅުގޯތިތަކާއި ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގިނަ ގޯތިތައް ސާފުނުކޮށް ހުރުމުގެ ސަބަބުން އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި ވަރަށް ބޮޑަށް ދަތިވުމާއި، އާއްމު ރައްޔިތުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި އެކަމަކީ ރަށުގެ ސާފުތާހިރުކަން ގެއްލިދާ ކަމެކެވެ
ވީމާ، ސާފުނުކޮށް ހުރި ގެވަޅުތަކާއި މަގުތައް ނޮޅައި ސާފުކޮށް ދެއްވުން އެދި ދަންނަވަމެވެ. އަދި މީގެ ކުރިންވެސް އެތަށް ފަހަރެއްގެ މަތިން މިކަން އަންގާ އިޢުލާން ކުރެވިފައިވާނެއެވެ. ފަޅުގޯތިތަކާއި ދޫކޮށްފައިވާ ގެވަޅުތަކަކީ ކައުންސިލުން އެންގުމުން ސާފުކުރާ ތަނެއްގެ ގޮތުގައި ހެދުމުގެ ބަދަލުގައި އޭގެ ސަބަބުން އާއްމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ވިސްނަވާ ފަރުދީ ޒިންމާ އަދާކުރެއްވުމަށް އިލްތިމާސް ކުރަމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.