ދިވެހިރާއްޖެ
ރަމަޟާން މަހަށް ސަޢުދީ ރަސްގެފާނު ދެއްވި ކަދުރު ބެހުމާ ގުޅޭ
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިހިނގާ 1436 ވަނަ އަހަރުގެ ރަމަޟާން މަހަށް ސަޢުދީ ރަސްގެފާނު ކަދުރު ހަދިޔާ ކުރައްވާފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު IAF/2015/43ފ(22 އެޕްރީލް 2015) ސިޓީން ވަނީ އަންގަވާފައެވެ. އެސިޓީގައިވާގޮތުން މުޅިރާއްޖޭގެ ރައްޔިތުންނަށް ހަދިޔާ ކުރައްވާފައިވަނީ 50 މެޓްރިކްޓަނުގެ ކަދުރެވެ. ފުވައްމުލަކު މިސްކިތްމަގު ކައުންސިލަށް ލިބިފައިވަނީ 142 ޕެކެޓް (284 ކިލޯ) ކަދުރެވެ.
މިސްކިތްމަގު ކައުންސިލުން ކަދުރު ބަހާނީ ކޮންމެ ގޭބިސީއަކަށް 01 ޕެކެޓް ކަދުރެވެ. ކަދުރު ދޫކުރާނީ މިސްކިތްމަގު ރަށްވެހިންނަށް، އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމުންނެވެ. ކޮންމެ ބޭފުޅަކަށްވެސް ދޫކުރާނީ އެބޭފުޅަކު ނިސްބަތްވާ ގޭބިސީގެ ކަދުރު އެކަންޏެވެ. މިސްކިތްމަގު އަވަށުގެ ރަށްވެހިންކަމުގައި ބަލާނީ އައިޑީކާޑުގައި އެމީހާގެ ދާއިމީ އެޑްރެސް މިސްކިތްމަގު އަވަށުގެ ގެއެއްގައި އޮތުމެވެ.
ކަދުރު ބެހުމަށް ހަމަޖެހިފައިވާ ގަޑިތައް:
06 ޖޫން 2015 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން 13:00 އަށް އަދި ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށެވެ. ކަދުރު ދޫކުރާނީ ސްޓޮކް ހުސްވަންދެންނެވެ.
މިހެންވެ މިވާހަކަ އަންގައި އިޢުލާން ކުރީމެވެ.
13 ޝަޢުބާން 1436