ޢާންމު މަޢުލޫމާތު
ނަންބަރު: IL-ADM/2015/38
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 11:17
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުޅުވިފައި ހުންނަ ގަޑިތައް
1436 ވަނަ އަހަރުގެ ރަމަޟާންމަހާއި އަދި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު މިއޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން މެންދުރުފަހުގެ 14:00 އަށެވެ. އަދި ބޭންކިންގ ސެކްޝަނުން ދެމުންގެންދާ ޚިދުމަތްތަކާއި، ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.
ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 10:30 އިން މެންދުރުފަހުގެ 1:00 އަށް.
ސިޓީއާއި ތަކެތި ބަލައިގަތުން: ހެނދުނު 10:30 އިން މެންދުރުފަހުގެ 1:00 އަށް.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 ޝަޢުބާން 1436
04 ޖޫން 2015