ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2015/71
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 14 ޖުލައި 2015 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިލްކް ރޯޑް އިންޓަރނޭޝަނަލް އާރޓް އެންޑް ފޮޓޯގްރަފީ އެގްޒިބިޝަން

މި އަހަރުގެ ޖުލައިގައި ޗައިނާގެ އުރުމްޗީގައި ބޭއްވުމަށް ހަމަޖެހިފައިވާ 3 ވަނަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް ސިޓީސް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް ފޯރަމްގައި ބައިވެރިވުމުގެ ދަޢުވަތު ޗައިނާގެ އުރުމްޗީ މުނިސިޕަލް ގަވަރމަންޓް އޮފީހުން ވަނީ މި ކައުންސިލަށް ދެއްވާފައެވެ. އަދި މިފޯރަމް ހިނގަމުންދާއިރު ބޭއްވުމަށް ހަމަޖެހިފައިވާ [ސިލްކް ރޯޑް އިންޓަރނޭޝަނަލް އާރޓް އެންޑް ފޮޓޯގްރަފީ އެގްޒިބިޝަން] ގައި މާލޭ ސިޓީގެ ފަރާތުން ޕެއިންޓިންގއާއި ފޮޓޯގްރާފާއި އަދި ކުޑަކުދިންގެ ޕެއިންޓިންގ ބައިވެރިކުރުމުގެ ފުރުޞަތު ވަނީ ދެއްވާފައެވެ. އެހެންކަމުން، މި އެގްޒިބިޝަންގައި އަމިއްލަ އާރޓު މަސައްކަތް، ފޮޓޯގްރާފް އަދި ކުޑަކުދިންގެ ޕެއިންޓިންގ ބައިވެރިކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް އެ ފުރުޞަތު ހުޅުވާލަމެވެ.

ބައިވެރިވުމުގެ ޝަރުޠުތައް:

Theme: presenting colorful cultures and lives of the Silk Road, visioning the prosperity of One belt and One road.

ބޭނުންވާ އަދަދު:

  • 5 (ފަހެއް) އާރޓު މަސައްކަތް

ބޮޑުމިން: 1.8 މީޓަރު 1.8x މީޓަރު ނުވަތަ ކުޑަ

  • 5 ފޮޓޯގްރާފް

ބޮޑުމިން: ޖޭ.ޕީ.ޖީ ފޯމެޓްގައި 4 އެމް.ބީ އަށް ވުރެ ކުޑަނޫން

  • 5 ކުޑަކުދިންގެ ޕެއިންޓިންގ

ބޮޑުމިން: 1.8 މީޓަރު 1.8x މީޓަރު ނުވަތަ ކުޑަ

ހުށަހަޅަންޖެހޭ ތަކެތި:

  • އާރޓު މަސައްކަތް އަދި ކުޑަކުދިންގެ ޕެއިންޓިންގގެ އަސްލު.
  • ފޮޓޯގްރާފްގެ ޕްރިންޓް އަދި ސޮފްޓްކޮޕީ (ޖޭ.ޕީ.ޖީ ފޯމެޓްގައި 4 އެމް.ބީއަށް ވުރެ ކުޑަނޫން)
  • އާޓިސްޓް ނުވަތަ ފޮޓޯގްރާފަރުގެ ވަނަވަރު
  • މަސައްކަތުގެ ނަން، ތަޢާރަފު (ބޭނުންނަމަ)، މަސައްކަތް ކުރި ތަން/ފޮޓޯ ނެގިތަން އަންގައިދޭ ލިޔުމެއް.

ސުންގަޑި:

"ސިލްކް ރޯޑް އިންޓަރނޭޝަނަލް އާރޓް އެންޑް ފޮޓޯގްރަފީ އެގްޒިބިޝަން" ގައި ބައިވެރިކުރުމަށް ބޭނުންވާ މަސައްކަތްތައް ހުށަހަޅުއްވާނީ 14 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މާލޭ ސިޓީ ކައުންސިލުގެ އިދާރާއަށެވެ. މަސައްކަތްތައް ބަލައިގަންނާނީ ސުންގަޑި ހަމަވަންދެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 ން 15:00 އަށް ހުރަވީ ބިލްޑިންgގެ ގްރައުންޑް ފްލޯގައި ހުންނަ މި އިދާރާގެ އޮފީހުންނެވެ.

ނޯޓު: ބޭނުންވާ އަދަދަށްވުރެ ގިނަ ހުށަހެޅުން ލިބިއްޖެނަމަ އެގްޒިބިޝަންގައި ބައިވެރިކުރާނެ މަސައްކަތްތައް ނިންމާނީ ކައުންސިލުންނެވެ. އަދި ނުހޮވޭ ފަރާތްތަކުގެ މަސައްކަތް އަނބުރާ ރައްދުކުރެވޭނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިއިދާރާގެ އިންފޮމޭޝަން އޮފިސަރ އަލްފާޟިލް އަޙްމަދު ނިހާން (9969682) އަށެވެ.  

13 ޝަޢުބާން 1436 

31 މޭ 2015