ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23/23/2024/240
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 15:12
ދަމަނަވެށި
ދިވެހިރާއްޖެ
ދަމަނަ ވެށިން ދެމުންގެންދާ ޙިދުމަތް ތަކުގެ ވަގުތައް ގެނެވުނު ބަދަލާއި ގުޅިިގެން

ޚާއްޞަ ދެންނެވުން

01 ސެޕްޓެމްބަރ 2024 އިން ފެށިގެން ދަމަނަވެށިން އާއްމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ތިރީގައިވާ ގޮތަށް ވަނީ ބަދަލު ގެނެވިފައެވެ. ޚިދުމަތްތައް ދެމުންގެންދާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގައެވެ. ވީމާ، މިކަން އާއްމުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

 

ޚިދުމަތް ދޭ ގަޑި

ޚިދުމަތް

ހެނދުނު 8:30 އިން މެންދުރު 15:30 އަށް

ކުޑަކުދިންގެ EPI ވެކްސިން އަދި އޮޕްޝަނަލް ވެކްސިންގެ ޚިދުމަތް

ހެނދުނު 8:30 އިން މެންދުރު 15:30 އަށް

ކުޑަކުދިންގެ ގްރޯތްމޮނީޓަރިން ޚިދުމަތް

ހެނދުނު 8:30 އިން މެންދުރު 15:30 އަށް

އާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް

ހެނދުނު 8:30 އިން މެންދުރު 15:00 އަށް

ޓްރެވަލް ވެކްސިންގެ ޚިދުމަތްތައް

ހެނދުނު 8:30 އިން މެންދުރު 15:00 އަށް

އާއިލާ ރޭވުމާ ބެހޭ ޚިދުމަތްތައް

ހެނދުނު 8:30 އިން މެންދުރު 15:00 އަށް

އެން.ސީ.ޑީ ކްލިނިކް، ޓޮބޭކޯ ސިޒޭޝަން ކްލިނިކް، އެޑޮލަސަންޓް ކްލިނިކްގެ ޚިދުމަތް

ހެނދުނު 8:30 އިން މެންދުރު 15:00 އަށް އެޕޮއިންޓް ހަމަޖެހޭ ގަޑިތަކުގައި

ކައުންސެލިންގެ އަދި ސައިކޯސޯޝަލް ސަޕޯޓް ސަރވިސްގެ ޚިދުމަތް

މެންދުރު 13:00 އިން މެންދުރު 14:00 އަށް

ބޮޑެތި މީހުން އަދި ކުޑަކުދިންގެ ކޮވިޑް ވެކްސިން ދިނުމުގެ ޚިދުމަތް

25 އޮގަސްޓް 2024