ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2015/48
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 14 ޖޫން 2015 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ހިއުމަން ރިސޯސް އޮފިސަރ (ވަގުތީ)

މަޤާމު

އެމް.އެސް 1

ރޭންކް

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

ޕަރސަނެލް މެނޭޖްމެންޓް އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމެންޓް (އޯގަނައިޒޭޝަނަލް ޑިވެލޮޕްމެންޓް ޔުނިޓް)

ސެކްޝަން

-/5610 ރުފިޔާ

މުސާރަ

-/2000 ރުފިޔާ

ސަރވިސް އެލަވަންސް

-/3000 ރުފިޔާ

ލިވިންގ އެލަވަންސް

-/1964 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޯވަރޓައިމް އެލަވަންސް

01

ބޭނުންވާ އަދަދު

6 މަސްދުވަސް

މުއްދަތު

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމާއި ތަޖުރިބާ

 

  • ސިވިލް ސަރވިސްގައި ހިމެނޭ އޮފީސްތަކުގެ އިދާރީ އޮނިގަނޑު މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރުން.
  • ސިވިލް ސަރވިސް މުވައްޒަފުންގެ އެލަވަންސްތަކާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާ ކުރުމާއި ޖަވާބު ތައްޔާރުކުރުން އަދި ވަގުތުން ނުނިމޭ މައްސަލަތައް ކޮމިޝަނުގެ ލަފާފުޅަށް ގެންދިޔުން.
  • ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ކްލެސިފިކޭޝަން ސިސްޓަމާއި ގްރޭޑިންގ ސިސްޓަމް އެކުލަވާލުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  • ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑު އެކުލަވާލުމާއި، ސިވިލް ސަރވިސްގައި ހިމެނޭ އިދާރީ އަދި ފަންނީ މަޤާމުތަކާއި އެހެނިހެން މަޤާމުތަކުގެ ޝަރުޠުތަކުގެ އޮނިގަނޑު އެކުލަވާލައި މުރާޖަޢާ ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  • ސެކްޝަނުގެ އެހެން ޔުނިޓުތަކުގެ މުވައްޒަފުންނާއެކު ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން އަދި އެ ޔުނިޓުތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ހަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  • ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު

 

 

 

ޕަރސަނެލް އޮފިސަރ (ވަގުތީ)

މަޤާމު

އެމް.އެސް 1

ރޭންކް

ސީނިއަރ އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

ޕަރސަނެލް މެނޭޖްމެންޓް އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމެންޓް (ޕަރސަނެލް މެނޭޖްމެންޓް ޔުނިޓް)

ސެކްޝަން

-/5610 ރުފިޔާ

މުސާރަ

-/2000 ރުފިޔާ

ސަރވިސް އެލެވަންސް

-/3000 ރުފިޔާ

ލިވިންގ އެލަވަންސް

-/1964 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޯވަރޓައިމް އެލަވަންސް

01

ބޭނުންވާ އަދަދު

6 މަސްދުވަސް

މުއްދަތު

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމާއި ތަޖުރިބާ

  • ހަވާލުކުރެވޭ ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާގެ މައްސަލަތައް ބަލައި ނިންމުން.
  • ހަވާލުކުރެވޭ ސިވިލް ސަރވިސްގެ އިދާރާތަކުންނާއި އެ އިދާރާތަކުގެ މުވައްޒަފުން ފޮނުވާ ސިޓީތަކުގެ މަޢުލޫމާތު ސާފުކުރުމަށްފަހު ޔުނިޓް ހިންގެވުމާ ހަވާލުވެހުންނެވި ބޭފުޅެއްގެ ލަފާ ހޯއްދަވައި އެސިޓީތަކަށް ދޭންޖެހޭ ޖަވާބު ތައްޔާރުކޮށް އެޖަވާބުތައް ޔުނިޓް ހިންގެވުމާ ހަވާލުވެ ހުންނެވި ސުޕަވައިޒަރާ ހަވާލުކުރުމާއި، ކޮމިޝަންގެ އެކިއެކި ސެކްޝަންތަކަށް ފޮނުވަންޖެހޭ މެމޯ ސުޕަވައިޒަރު އަންގަވާ ގޮތެއްގެމަތިން ތައްޔާރުކޮށް ކަމާބެހޭ ސެކްޝަނަކާ ހަވާލުކުރުން.
  • ސިވިލް ސަރވިސްގެ އިދާރާތަކަށް ވަޒީފާއަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުސޫލުތަކާއި، ސީ.އެސް ވިއުގައާބެހޭ ތަމްރީނު ދިނުން.
  • 55 އަހަރު އަދި 65 ފުރިގެން ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކުރަންޖެހޭ މުވައްޒަފުންނަށް އިނާޔަތްދީ ވަޒީފާއިން ވަކިކުރުމާއި ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް އިނާޔަތް ހަމަޖައްސައި ވަޒީފާއިން ދޫކޮށްލުން.
  • އޮނިގަނޑަށާއި މުވައްޒަފުންގެ މުސާރައަށާއި އޮފީސްތަކަށް އަންނަ ބަދަލުތައްފަދަ ބަދަލުތަކާ އެއްގޮތަށް ވަޒީފާއާ ގުޅޭ މަޢުލޫމާތު ބަލަހައްޓާ ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި މިކަމާ ގުޅިގެން އޮފީސްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވުމަށްޓަކައި މަޢުލޫމާތު ތައްޔާރުކޮށް ޗެކްކުރުން.
  • ވަޒީފާއާ ގުޅޭ މައްސަލަތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން އަންނަ ފޯން ކޯލްތަކަށް ޖަވާބުދިނުން.
  • މުސްކުޅިކޮށް އިނާޔަތް ހަމަޖައްސާ މުވައްޒަފުންގެ އިނާޔަތުގެ ތަފުސީލު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
  • މަސައްކަތް ހަވާލުކުރެވިފައި މުވައްޒަފު ނެތް ހާލަތެއްގައި ސިވިލް ސަރވިސްގެ އިދާރާތަކުގެ ޑިރެކްޓަރުން ފެށިގެން މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކާއި، އިންޓަރވިއު ޕެނަލް އެކުލަވާލެވެން ނެތް އަދި އިންޓަރވިއުކޮށް ދިނުމަށް އެދި ހުށަހެޅޭ އިދާރާތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އެންމެހާ މަސައްކަތް ކުރުން.
  • ހަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  • ސެކްޝަނުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  • ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

 14 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ) އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު
  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
ހުށަހަޅަންޖެހޭ ލިޔުންތައް
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2015 ޖޫން 17 އާއި ޖޫން 25 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

13 ޝަޢުބާން 1436

31 މޭ 2015