ދިވެހިރާއްޖެ
ނަންބަރު :(IUL)303-CA/303/2024/65
އިޢުލާން
ވަޒީފާގެ ފުރުސަތު
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ އަދަދު: 1
މަޤާމުގެ ގިންތި: ކޮންޓްރެޓް (1 އަހަރު)
މަސައްކަތް ކުރާތަން: އުނގޫފާރު ރައްޔިތުންގެ ފާމަސީ / އުނގޫފާރު ކައުންސިލް އިދާރާ
މުސާރަ: 3300.00 (ތިންހާސް ތިންސަތޭކަ ރުފިޔާ)
ސާރވިސް އެލަވަންސް: މުސާރައިގެ %30
ހާޒިރީ އެލަވަންސް: މުސާރައިގެ %20
މިނިމަމްވޭޖް އެލަވަންސް: މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް.
ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
- މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
ނުވަތަ
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައިވުމާއިއެކު އޭގެއިތުރުން ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވުން. މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
- ބޭސް ފިހާރައަށް ލިބޭ ފައިސާ ދުވަހުން ދުވަހަށް ބޭސް ފިހާރަ އެކައުންޓަށް ޖަމާކުރުން
- ބޭސް ފިހާރައިގެ ސްޓޮކް ބެލެހެއްޓުން
- ބޭސް ފިހާރައަށް ބޭނުންވާ ބޭހުގެ ލިސްޓް ތައްޔާރުކޮށް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ބޭސް ހޯދުން
- ބޭސް ފިހާރައިން ދޫކުރާ ބޭހުގެ ލިސްޓް ޤަވާއިދުން އާސަންދައަށް ފޮނުވުން
- އާސަންދައަށް ފޮނުވާ ބިލްތަކަށް ފައިސާ ލިބޭތޯ ޗެކުކުރުމަށްފަހު ފައިސާ ހޯދުމަށް މަސައްކަތް ކުރުން
- ބޭސް ފިހާރައަށް ލިބޭ ފައިސާ އާއި ޚަރަދުވާ ފައިސާގެ ތަފްސީލް ރިޕޯޓް ތައްޔާރުކުރުން
- ބޭސް ފިހާރަ ފޮޅާ ސާފުކުރުން
ހުށަހަޅަންޖެހޭ ތަކެތި: 1- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
2- އައިޑީ ކާޑް (ކިޔަން އެނގޭ ސާފު) ކޮޕީ
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގ ސެޓްޕިކެޓްގެ ކޮޕީ
4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެނގޭގޮތަށް ތައްގަޑުޖެހި ލިޔުން.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 03 ސެޕްޓެމްބަރ 2024، އަންގާރަ ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.
މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 2024 ސެޕްޓެމްބަރ 5 ން 12 އާއި ދެމެދު ދުވަހު، ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.